ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަރުވި ހއ ކެލާ އަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ މީހާގެ މަރަކީ ކޮވިޑް މަރެއްކަމަށް އެޗްޕީއޭ އިން ބުނެފިއެވެ. އެއާއެކު ރާއްޖެއިން ކޮވިޑް ޖެހި މަރުވި މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.

އެޗްޕީއޭން ބުނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ކެންސަރަށް ފަރުވާ ދެމުންދިޔަ މީހަކު އިއްޔެ ހެނދުނު 8:15 ހާއިރު ނިޔާވެފައިވާ ކަމަށާއި އަދި އޭނާ މަރުވެފައި ވަނީ ކޮވިޑް ޖެހިގެން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އަކީ ހއ. ކެލާއަށް ނިސްބަތްވާ މީހެކެވެ. އެމީހާ އަކީ މާލެއިން ކެލާއަށް ދަތުރުކޮށް ހޯމް އައިސޮލޭޝަނުގައި ހުރި މީހެކެވެ. އަދި އެމީހާ ކުޅުދުއްފުއްޓަށް އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައި ފަރުވާ ހޯދުމަށް ކަމަށް މައުލޫމާތު ލިބެއެވެ.‏

ކުޅުދުއްފުށީ ކަރަންޓީނު ފެސިލިޓީ އެއް ކަމަށްވާ ކެޕީއެލް ގެސްޓްހައުސް ގައި އައިސޮލޭޝަންގައި އެމީހާ ހުރިއިރު އެފެސިލިޓީގައި އެމީހާ ހުރީ މާލެ ދަތުރުކޮށް ކަރަންޓީންގެ މުއްދަތު ހަމަނުވާތީ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އަދި އެމީހާއަށް ފަރުވާ ދީފައިވަނީ ވެސް އެގެސްޓްހައުސްގައި ބާއްވައިގެން ކަމަށް މައުލޫމާތު ލިބެއެވެ.‏

އެމީހާ އަކީ އެމީހާއަކީ ދިގު މުއްދަތަކަށް ބޭސްކުރާ މީހެއް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވި 31 ވަނަ މީހާ ކަމަށް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފައެވެ.‏ އެއާއެކު މި މަހު ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3 އަކަށް އަރާފައެވެ. ރާއްޖެއިން ކޮވިޑް ޖެހި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި 6 ބިދޭސީންނެވެ.