މުދާ އުފުލާ ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ 4 މީހުންނާއެކު ހުޅުމާލެއިން ހދ. ކުޅުދުއްފުއްޓަށް ފަތުރުކުރަމުން ދިޔަ މުދާ އުފުލާ "އަސިއަމް" ދޯންޏަށް ކ.ޒިޔާރަތްފުށި ކައިރިން ދިޔަވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ،

އެހާދިސާގެ ރިޕޯޓު ލިބިމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ސީޖީ ސްކޯޑަންގެ ސިފައިންގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އަދި މިހާރު ދިޔަމުން ކޮންޓްރޯލުކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ އެހާދިސާގެ ރިޕޯޓު ލިބިފައިވަނީ ފަތިހު 5:58 ހާއިރު ކަމަށެވެ.

މި ދުވަސްވަރަކީ ކަނޑުދަގަ ދުވަސްވަރަކަށް ވުމުން ދަތުރު ކުރާ ފަރާތްތަކުން ސަމާލު ވުމަށް އެމްއެންޑީއެފާއި ޑިޒާޒްސްޓާ މެނޭޖްމެންޓުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.