ރާއްޖެއިން އިތުރު 74 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 105 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްއީއޯސީން ބުނީ މިއަދު ޕޮޒިޓިވް ވެފައިވާ 74 މީހުންގެ ތެރޭގައި ހިމެނެނީ 59 ދިވެހިންނާއި 15 ބިދޭސީން ކަމަށެވެ. އެއީ މާސެ ސަރަހައްދުން ޕޮޒިޓިވްވި 63 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 11 މީހެކެވެ. އެއާއެކު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8741 އަށް އަރާފައެވެ.

މިއަދު އިތުރު 105 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 6157 އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 2549 ކޭސް ހުރިއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފައރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 139 އަށް އަރާފައެވެ. އައިސޮލޭޝަން ފެސިލިޓީގައި 1096 މީހަކު އެބަތިއްބެވެ.

މި ބައްޔަށް ޕޮޒިޓިވްވި 8667 މީހުންގެ ތެރެއިން 29 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ގިނައީ އުރުން ދުވަސްވީ މީހުންނެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 25 ރަށަކާއި 23 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން ހިމެނެނީ 17 ޓޫރިސްޓަކާއި 48 ސްޓާފުންނެވެ.