ގދ. ހޯޑެއްދޫން އިތުރު ދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އެ ރަށުން ދެ މީހަކު ޕިޮޒިޓިވް ވެފައި ވަނީ ރޭ ކަމަށެވެ. އަދި އެ ދެ މީހުންނަކީ ކުރިން އެ ރަށުން ޕޮޒިޓިވް ވެފައިވާ މީހުންނާ ގުޅުން ނެތް ދެ ކަމަށާއި އެހެން ވުމުން އެ ރަށުން ރެންޑޮމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

މީގެ ކުރިން ހޯޑެއްދޫން ވަނީ 4 މީހަކު ޕޮޒިޓިވް ވެފައެވެ. އެ 4 މީހުންނަކީވެސް ފުރަބަންދު ކަރަންޓީން 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ނެގި ސާމްޕަލުން ޕޮޒިޓިވް ވެފައިވާ މީހުންނެވެ.

އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ށ. އަތޮޅުން ޅައިމަގާއި ފީވަށް، ނ. އަތޮޅުން މިލަދޫއާއި ކުޑަފަރިއާއި މާޅެންދޫ، ބ. އަތޮޅުން ހިތާދޫއާއި ތުޅާދޫއާއި އޭދަފުށި، ރ. އަތޮޅުން ރަސްމާދުއާއި އިނގުރައިދޫއާއި ދުވާފަރާއި، ކިނޮޅަސް، ޅ. އަތޮޅުން ނައިފަރާއި ހިންނަވަރު، ކ. އަތޮޅުން ދިއްފުށިއާއި ގުރައިދޫއާއި ތުލުސްދޫއާއި ހިންމަފުއްޓާއި މާފުށި، އދ. އަތޮޅުން އޮމަދުއާއި މާމިގިލި، މ އަތޮޅުން މުލަށް، ފ. އަތޮޅުން ބިލެއްދޫއާއި ނިލަންދޫއާއި ދަރަބޫނދޫ، ދ. އަތޮޅުން ކުޑަހުވަދޫއާއި މީދޫއާއި ރިނބިދޫ، ތ. އަތޮޅުން ތިމަރަފުއްޓާއި އޮމަދޫ ލ. ގަން، ގއ. އަތޮޅުން ދާންދޫއާއި، ވިލިނގިލި، ގދ. އަތޮޅުން ފަރެސްމާތޮޑާއާއި ހޯޑެއްދޫއާއި ތިނަދޫ، ސ. އަތޮޅުން ފޭދުއާއި ގަމާއި، ހިތަދޫ އަދި މަރަދޫ އެވެ.

މިހާރު ރާއްޖޭގައި ހުރި އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2763 މީހެކެވެ. އޭގެ ތެރެއިން 157 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1304 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީ ތަކުގައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 8281 އަށް އަރާފައި ވާއިރު އޭގެތެރެއިން 29 މީހަކު ވަނީ ނިޔާވެފައެވެ.