ސްނޯކްލިންއަށް ފައިބައިގެން އުޅުނު މީހުންގެ ތެރެއިން ގެއްލިގެން ހޯދި މީހާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދިޔަ މީހާ ކައިރީގައި އޮތް ފަރުމަތީގައި ސަލާމަތުން ހުއްޓާ ފެނިފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް ލޯންޗުން އެމީހާ ނަގައިގެން މުލިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

3 މީހުންނާއެކު ސްނޯކްލިން އަށް މ. މެދުފުށި ކައިރީ ފަޅުތެރެއަށް ދިޔަ މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ މިރޭ 7:55 ހާއިރުއެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ވަނީ ކޮށްފައެވެ.

ސްނޯކްލިންއަށް ފައިބާފައިވަނީ ތިން ދިވެހި ފިރިހެނުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ޑައިވިން އަށްދާ މީހުންނާއި ފަތުރުވެރިން މަރުވުމުގެ ހާދިސާތައް ހިނގަމުންދާ މިންވަރު ރާއްޖޭގައި މިހާރަކަށް އައިސް ގިނަކަން ވަނީ ފާހަގަކުރެވިފައެވެ.