ކޮވިޑާ ގުޅިގެން މަސައްކަތް ކުރާ ފްރޮންޓްލައިން މީހުންގެ އެލަވަންސްގެ ގޮތުގައި ފްރޮންޓް ލައިން އެލަވެންސްގެ ގޮތުގައި 33.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސްް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީގައިި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް، ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވީ މިހާތަނަށް ފްރޮންޓްލައިން އެލަވެންސްގެ ގޮތުގައި 33.5 މިލިއަން ރުފިޔާ ދޫކުރުމަށް ހުއްދަ ދީފައިވާކަމަށެވެ.
އެގޮތުން ހުއްދަ ދީފައިވާ ފައިސާގެ ތެރެއިން މިހާތަނަށް ތިން ލައްކަ ރުފިޔާ އަދި ނުދެވި ހުރިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެފައިސާ ނުދެވި ހުރީ އެކައުންޓް ނަންބަރު ވެރިފައި ކުރުމުގެ ބޭނުމުގައި ކަމަށާއި ވެރިފައި ކޮށްފައި އެލަވެންސް ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށް ސަރުވަޝް ވިދާޅުވިއެވެ.
ސަރުވަޝް ވިދާޅުވިގޮތުގައި މާޗު މަހުގެ ހަތަކުން ޖުލައި މަހުގެ 15 އަށް ހުރި އެލަވެންސްތައް ދީފައިވާ ކަމަށާއި އަދި ނުދެވި ހުރީ އެމްއެންޑީއެފް އާއި ޕޮލިހުންނަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފް އާއި ޕޮލިހުންނަށް އެލަވެންސް ދިނުން ލަސްވެފައިވަނީ އެދެ މުވައްސަސާގެ މުވައްޒަފުންނަށް އެލަވެންސް ދިނުމުގެ އުސޫލާ ގުޅޭގޮތުން ބައެއް ކަންތައްތައް ނިންމަން ޖެހޭތީ ކަމަށް ސަރުވަޝް ވަނީ ފާހަގަކުރައްވާފައެވެ.
ފްރޮންޓްލައިން އެލަވަންސް ލަސްވާތީ ގިނަ ފަރާތްތަކަކުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފްރޮންޓް ލައިނުން އެންމެ ގިނަމީހުން ޕްޒިޓިވްވި އެއަރޕޯރޓް މުއައްޒަފަކަށް އެއްޗެއް ނުލިބުނުތާ އެންމެ އުނދަގޫ މަސައްކަތް ބަލަހައްޓަދިން މީހާއަށް ބޮޑާބެދިން އެތިދީފަ ނިންމާލައިފި!
ސަރުވަޝް ގާތުގައި އަހާބަލަ ކޮވިޑް ޖެހިގެން މަރުވިމީހުންގެ ކަށުކަމާކެމި ޖަންކަން ކުރާމީހުނަށް އަދިވެސް ތިޔަބުނާ އެލަވަންސު ނުލިބެޔޭ ދެންތިބުނީ ކޮންބަޔަކަށް ދީނިމުނު ވާހަކައެއްތޯ؟