މިއަދު ރާއްޖެއިން 137 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 129 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވް ވި 8 މީހުންނެވެ.

މިއަދު ޕޮޒިޓިވް ވި މީހުން؛

  • ދިވެހިން 96
  • ބަންގްލަދޭޝް 25
  • އިންޑިއާ 9
  • ސްރީލަންކާ 2
  • ނޭޕާލް 2
  • ޕިލިޕީންސް 1
  • ރަޝިއާ 1
  • ގާނާ 1

މިއަދު ޕޮޒިޓިވް ވި މީހުންނާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7804 އަށް އަރާފައެވެ. އޭގެ ތެރެއިން 5155 މީހަކު ރަނގަޅުވެފައި ވާއިރު، ފަރުވާ ދެމުންދާ މީހުންގެ އަދަދު 2615 އަށް ވަނީ އަރާފައެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި 1451 މީހަކު ތިބި އިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 172 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ފެނި މިހާތަނަށް އައި އިރު ޖުމްލަ 112،927 ސާމްޕަލް ވަނީ ހަދާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލި ޖެހިގެން 28 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 6 ބިދޭސީންނެވެ.