މިދިޔަ ހުކުރު ދުވަހު ބޭއްވި ސައިކަލް ބުރުގައި ބައިވެރިވި ހުރިހާ ޒުވާނުން 1000 ރުފިޔާއަށް ޖޫރިމަނާ ކުރިނަމަ ސަރުކާރަށް ހެޔޮވަރުގެ އާމްދަނީއެއް ލިބުނީސް ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ބޭއްވި ސައިކަލް ބުރުގައި ބައިވެރިވި ކޮންމެ ޒުވާނަކަށް އެދުވަހު އެތަނުން 1000 ރުފިޔާގެ ޖޫރިމަނާ ސްލިޕެއް ދިންނަނަމަ ހެޔޮވަރުގެ އާމްދަނީ އެއް ދައުލަތަށް ލިބުނީސް ކަމަށެވެ.
އެގޮތުން އާމްދަނީ ހޯދާނެ އެހެން ގޮތެއް ނޭނގޭ ސަރުކާރަކަށް އެއީ ރަނުގެ ފުރުސަތެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭގެ އެޓުވިޓުގައި އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓެގް ކުރައްވާފައެވެ.
އަދުރޭ އެހެން ބުނެފައިވަނީ ސައިކަލް ބުރާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެސައިކަލް ބުރާއި ގުޅިގެން އިއްޔެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި ޝުޖާއުވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. އަދި މިއަދު ފުލުލަށް ހާޒިރުވުމަށް އަދުރޭ އަށް ވަނީ ޗިޓް ފޮނުވާފައެވެ.
މިދިޔަ ހުކުރު ދުވަހު ޕީޕީއެމް އިން މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި މުޒާހަރާއަކީ ގައުމުގެ ހަރު މުދާ ވިއްކުމާއި ދެކޮޅަށާއި ސައިކަލް ޖޫރިމަނާ އަދި ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭން ވައުދުވީ ކަންކަން ކޮށްދީފައި ނުވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒާހަރާއެކެވެ.
ވެންޓިލޭޓަރެއް ނުލިބޭނެއޭ އެފައިސާ ގަނޑު ބަނޑުއަޅާލީއޭ ހެލްތް މިނިސްޓަރު އިސްތިއުފާ ފިނޭންސް މިނިސްޓަރު އަމީރު އިސްތިއުފާއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ