އިއްޔެ ޕީޕީއެމުން އިން މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި ސައިކަލު ބުރު މުޒާހަރާއަކީ ހުލުހުންގެ ހުއްދައާއެކު ބޭއްވި މުޒާހަރާ އެއް ކަމަށް ގަބޫލު ކުރާ ކަމަށް އިދިކޮލޫ ކޯލިޝަނުން ބުނެފިއެވެ.
މިއަދު އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިއްޔެގެ ހަރަކާތަކީ ސިއްރުން ގިންގާފައިވާ ހަތަކާތެއް ނޫން ކަމަށާއި އެއީ ފުލުހުގައި އެދިގެން ބޭއްވި ސައިކަލް ބުރެއް ކަމަށެވެ. އަދި އެކަން ނުކުރުމަށް ފުލުހުން އަންގާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި ސައިކަލް ބުރު ޖެހުމަށް މަގުން ތައް ހަދައިދީފައިވާ ކަމަށާއި އެ ހަރަކާށތް ނިމުމާއި ހަމައަށްވެސް ފުލުހުންގެ ފަރާތުން އެއްވެސް އިންޒާރެއް ދީފައި ނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ނަމަވެސް އެ ހަރަކާތް މައްސަލަ އަކަށް ވެފައި ވަނީ އެމްޑީޕީގެ މި ސަރުކާރަށް އޭރު ވިސްނުނީ އެކަމަށް ނިކުންނާނީ މަދު ބައެއް ކަމަށާއި ސަރުކާރާ ދެކޮޅަށް އެހާ ގިނަ އަދަދެއްގެ ބަޔަކު ނުކުމެދާނެ ކަން ގަބޫލު ކުރެވިފައި ނުވާތީ އޭރު ހުއްދަ ދިނީ ކަމަށް ބެލެވޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.
މީގެ 2 ދުވަސް ކުރިން އެ ހަރަކަތާ ބާއްވަން ރާވަމުންދާ ކަން ފުލުހުންނަށްވެސް އަންގާފައިވާނެ ކަމަށާއި އެ ޖަރަކާތް ނުބާއްވަން އަންގާފައި ނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އިދިކޮޅުން އިއްޔެ ބޭއްވި ސިޔާސީ ހަރަކާތާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފާޑުވިދާޅުވެފައެވެ.
ރައީސްގެ އެ ވާހަކަތަކަށް ރައްދު ދެއްވާ އަދުރޭ ވަނީ ރައީސް ސޯލިހަށްވެސް ވަނީ ގިނަ ސުވާލުތަކެއް އެކަމާ ގުޅިގެން ރައްދު ކުރައްވާފައެވެ.
އިއްޔެ ޕީޕީއެމް އިން މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި މުޒާހަރާއަކީ ގައުމުގެ ހަރު މުދާ ވިއްކުމާއި ދެކޮޅަށާއި ސައިކަލް ޖޫރިމަނާ އަދި ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭން ވައުދުވީ ކަންކަން ކޮށްދީފައި ނުވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒާހަރާއެކެވެ.
ފުލުހުން ވަނީ އިއްޔެ ބޭއްވި ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ. އަދި އެކަމާ ގުޅިގެން ޕޮލިހުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.