ރާއްޖޭގެ 10 ހޮސްޕިޓަލަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފޭސް ޝީލްޑް ހަދިޔާކޮށްފިއެވެ.

ބީއެމްއެލުން ބުނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 10 ހޮސްޕިޓަލަކަށް 500 ފޭސް ޝީލްޑް ހަދިޔާކޮށްފައިވާ ކަމަށެވެ.

އެގޮތުން ފޭސް ޝީލްޑް ހަދިޔާކުރި ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނެނީ:

  • އައިޖީއެމްއެޗް
  • ހއ. އަތޮޅު ހޮސްޕިޓަލް (ދިއްދޫ)
  • ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
  • ނ. އަތޮޅު ހޮސްޕިޓަލް (މަނަދޫ)
  • އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
  • ވ. އަތޮޅު ހޮސްޕިޓަލް (ފެލިދޫ)
  • ފ. އަތޮޅު ހޮސްޕިޓަލް (ނިލަންދޫ)
  • ތ. އަތޮޅު ހޮސްޕިޓަލް (ވޭމަންޑޫ)
  • ގަން ރީޖަނަލް ހޮސްޕިޓަލް
  • ގއ. އަތޮޅު ހޮސްޕިޓަލް (ވިލިނގިލި)

ކޮވިޑް-19އާ ގުޅިގެން ބީއެމްއެލުން ކަސްޓަމަރުންގެ ރައްކާތެރިކަމަށްވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން އޮންލައިންކޮށް ލިބޭނެ މަގު ފަހިކޮށް، އެޕޮއިންޓްމަންޓް އުސޫލުން ހިދުމަތް ދިނުމާއި، ޝޯޓް ޓާމް ފައިނޭންސިން އެއް ތައާރަފް ކުރުމާއި ޕާސަނަލް އަދި ހައުސިން އާއި ބިޒްނަސް ލޯނުތައް ފަސްކޮށްދިނުމުގެ އިތުރުން އެ ބެންކުން ނަގާފައިވާ ބައެއް ލޯނުތައް ދައްކަން ޖެހޭ މުއްދަތު އިތުރުކުރުން ހިމެނެއެވެ.