ހެމްތު އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އަށް ހެލްތު ޕްރޮފެޝަނަލްސުން ބޭނުންވެގެން އިއުލާން ކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން ބުނީ، ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އެޗްއީއޯސީގައި އަދި ކޮވިޑްގެ ބަލި މީހުންނަށް ސިއްހީ ހިދުމަތް ދިނުމުގައި މަސައްކަތް ކުރުމަށް މެޑިކަލް އޮފިސާ، ރެޖިސްޓާޑް ނާސް، އެންރޯލްޑް ނާސް، ހެލްތު ވޯކަރުން ބޭނުންވާ ކަމަށެވެ.

މި މަސައްކަަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އދި ހުށަހެލޫމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި އީމެއިލް ކުރާ އިރު، ލައިސަންސް އަދި ރަޖިސްޓްރޭޝަން ފޮނުވުމަށް ވެސް ހެލްތުން ވަނީ އެދިފައެވެ.

މަގާމަށް ކުރިމަތިލާ ފަރާތްތަކުން އީމެއިލް ކުރާނީ ހެލްތު މިނިސްޓްރީގެ [email protected] އެޑްރެހަށް ކަމަށް ވެސް އެފަރާތުން ބުނެއެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑްގެ ސަބަބުން މި ވަގުތު ބޭނުންވާ ހެލްތް ޕްރޮފެޝަނަލުން މަދުކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. އަދި ކޭސްތައް ގިނަވަމުންދާ ނަމަ މިހާރު ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ބުރަވާނެ ކަމަށާއި ދިގު ޝިފްޓުތަކުގައި އެމީހުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް އެފަރާތުން ބުނެފައި ވެއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 6912 އަށް އަރާފައެވެ. އޭގެތެރެއިން މިހާރު މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަނީ 2588 އަށް އަރާފައެވެ.