އެމްޑަބްލިޔުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް އަމާޒުކޮށްގެން "1ހާސް1ހާސް" ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަންގެ ފުރަތަމަ ދެ ހަފްތާގެ ނަސީބުވެރިން ހޮވައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، 1ހާސް1ހާސް ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ދެ ހަފްތާގެ ނަސީބު ވެރިންގެ ގޮތުގައި 20 ފަރާތެއް ހޮވިފައިވާ ކަމަށެވެ. އަދި އެއިން ކޮންމެ ނަސީބުވެރިއަކަށް އެއްހާސް ރުފިޔާގެ ގިފްޓް ކާޑެއް ދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަންގައި އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ހުރިހާ ފެންބިލަކަށް ފައިސާ ދައްކާ ހަލާސް ކުރާ ކޮންމެ ފަރާތަކަށް ވެސް މި ޕްރްމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ވަކި މަސްތަކަށް ބަހާލައިގެން ބިލަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ވެސް ޑިއުވެފައިވާ ހުރިހާ ބިލަކަށް ފައިސާދެއްކުމުން އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. އެ ޕްރޮމޯޝަންގައި އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕް، އޮންލައިން ޕޯޓަލް، ޗެކް ނުވަތަ ނަގުދު ފައިސާއިން ބިލް ދައްކާ ފަރާތްތަކަށް ބައިވެރިވެވޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން، އެ ޕްރޮމޯޝަންގައި ގުރުއަތުން ހޮވިގެން އިނާމު ލިބިގެން ދާނީ އެ ފެން މީޓަރެއް އެވަގުތު ބޭނުން ކޮށް އެއަށް ބިލް ދައްކާ ފަރާތަށް ކަމަށާއި ގުރުއަތުގައި ހިމެނޭނެ ފޯނު ނަންބަރަކީ އެޕް ނުވަތަ ޕޯޓަލްގައި ރަޖިސްޓާ ކޮށްގެން ބިލްދައްކާ ނަންބަރަށް ކަމަށް ފެން ކުންފުނިން ބުނެއެވެ. އަދި ކައުންޓަރު މެދުވެރިކޮށް ފައިސާ ދައްކާ ނަމަ، އެވަގުތު ކައުންޓަރަށް ދޭ ނަންނަބރަކީ ގުރުތއަތުގައި ބައިވެރިވެވޭނެ ނަންބަރު ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އޮގަސްޓް މަހުގެ ފުރަތަމަ 2 ހަފްތާގެ 20 ނަސީބުވެރިން ހޮވާފައި ވާއިރު، 1ހާސް1ހާސް ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ހޮވަނީ 10 ނަސީބުވެރިންނެވެ. އަދި އެ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ.

1ހާސް1ހާސް ޕްރޮމޯޝަނަކީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެމްޑަބްލިއުއެސްސީން ފެނާއި ނަރުދަމާގެ ހިދުމަތްދޭ ކ.މާފުށި، ރ.ދުވާފަރު އަދި ހދ.ކުޅުދުއްފުށީގެ ޑޮމެސްޓިކް ކަސްޓަމުރުންނަށް އަމާޒުކޮށް ކުރިއައްގެންދާ ޕްރޮމޯޝަނެކެވެ. އަދި، ރ. ދުވާފަރުގެ ޔޫޓިލިޓީ ބިލްގައި ހިމެނޭ ހުރިހާ ހިދުމަތްތަކެއްގެ ބިލްތައް ވެސް މި ޕްރޮމޯޝަންގައި ހިމެނޭނެއެވެ.