ނ. މާޅެންދޫ ކައިރިން ބޭރުގެ މަސް ބޯޓެއް ފެނިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މާޅެންދޫ ކައިރިން ބޭރުގެ މަސް ބޯޓެއް ފެނިގެން ރިޕޯޓެއް ލިބުމުން ކޯސްޓްގާޑް ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ. އަދި އެކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު 11:31 ގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެއީ ކޮން ގައުމެއްގެ މަސްބޯޓެއްކަން އަދި ސާފުވެފައެއް ނުވެއެވެ.

ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަސް މަސްވެރިކަން ކުރަން ދޭތެރެ ދޭތެރެއިން އުޅަނދުތައް ވަދެއެވެ.

އާންމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ މި ބާވަތުގެ އުޅަނދުތައް އިތުރަށް ބާލާ ފާސް ކުރާ އިރު މަސްތުވާތަކެތި ފެންނަ ނިސްބަތްވެސް މަދެއް ނޫނެވެ.