މަޝްހޫރު ޖޭމްސް ބޮންޑް ފިލްމް ފްރެންޗައިސްގެ 25 ވަނަ އެޑިޝަންގައި، އިންޑިއާގެ ޒުވާން ބަތޮލް ރާމީ މަލެކް ފެނިގެންދާނެ ގޮތުގެ މަންޒަރެއް ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.

ޑެނިއަލް ކްރެއިގްއާއިއެކު ބޮންޑް ފްރެންޗައިޒްގެ 25 ވަނަ ފިލްމް "ނޯ ޓައިމް ޓު ޑައި"ގައި ރާމީ ފެނިގެންދާނެ ގޮތުގެ ތަސްވީރަކާއެކު އެ ފިލްމުގައި އޭނާއަށް ކިއާ ނަންވެސް ވަނީ އާންމު ކޮށްފައެވެ.

"ނޯ ޓައިމް ޓު ޑައި" ގައި ނުބައިބައި ރޯލެއް އަދާ ކުރާ ރާމީގެ ކެރެކްޓަރަށް މި ފިލްމުގައި ދީފައިވާ ނަމަކަކީ ސަފެއިން ކަމަށް، ޑަބްލްއޯސެވަންގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްއިން އާންމު ކުރި ޕޯސްޓްގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް، އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ޖޭމްސް ބޮންޑް ފްރެންޗައިޒްގެ 25 ވަނަ ފިލްމުގައި ރާމީ މަލެކް ފެނިގެންދާނެ ގޮތް/ފޮޓޯ: އިންސްޓަގްރާމް

މިއީ މިއަހަރުގެ އޭޕްރިލް މަހު ރިލީޒް ކުރަން ތާވަލު ކުރި ފިލްމެއް ނަމަވެސް، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އޮއެވަރުގައި ޖެހި، ފިލްމު ރިލީޒް ކުރާ ތާރީހު ވަނީ ނޮވެމްބަރަށް ފަސްކޮށްފައެވެ.