ވ ތިނަދޫން 36 އަހަރުގެ އަންހެނަކާއި ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓްރު (އެޗްއީއޯސީން) ބުނީ ތިނަދޫ އިން ފުރަބަންދު ކަރަންޓީން ނިންމާ 14 ދުވަސް ހަމަކުރުމަށްފަހު ނެގި ސާމްޕަލުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ތިނަދޫން މިއަދު ދެ މީހަކު ޕޮޒިޓިވް ވެފައިވާއިރު ތ. ވިލުފުށިން 2 އަހަރުގެ ކުޑަކުއްޖަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެއްފައެވެ.

ފުރަބަންދުގައި ތިބި މީހުން ދޫކުރުމަށް ހަދާ ކޮވިޑް ޓެސްޓުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ކުޑަ 2 ކުއްޖެއްވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއީ އދ. މާމިގިލިން އުމުރުން 6 އަހަރުގެ އަންހެން ކުއްޖަކާއި ފ. ނިލަންދޫއިން އުމުރުން 4 އަހަަރުގެ ފިރިހެން ކުއްޖެކެވެ.

ރާއްޖެއިން މިހާރު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 6079 އަށް އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު 3648 އަށް ވަނީ އަރާފައެވެ. މިހާރު މިބަލި ޖެހިފައިވާ 2407 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 144 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1427 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

އަދި މި ބަލީގައި ރާއްޖެއިން 24 މީހަކު ވަނީ ނިޔާވެފައެވެ.