މަހަށް ގޮސް އުޅެނިކޮށް، މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ރ. އުނގޫފާރު ހުޅަނގުން 48 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅުނު ބ. ކުޑަރިކިލު "އައިލާ" ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރުމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފް ނޮދަން ސްކޯޑަންގެ ސިފައިން އެމީހާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް މަސްވެރިކަމަށް ނިކުމެ އުޅޭ މީހުންގެ ލޮލަށް ބުޅި ހެރިގެން އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.