ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ނުވަ މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށާއި ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ މީހުންގެ އަދަދު 146 އަކަށް އަރާފައިވާ ކަމަށާއި އޭގެ ތެރެއިން 9 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށައި އަދި އިތުރު 3 މީހަކަށް ވެންޓިލޭޓާގައި ފަރުވާ ދެމުންދާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 5579 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ބަލިން ރަނގަޅުވެފައި ވަނީ 3208 އަށް ވަނީ އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 2449 އަށް އިތުރު ވެފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 22 މީހަކު މަރުވެފައިވެސް ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 5 ބިދޭސީންނެވެ. 17 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 7 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެގޮތުން ނިޔާވި ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން 61 އަހަރުގެ އަންހެނަކާއި 77 އަހަރުގެ އަންހެނަކާއި 42 އަހަރުގެ ދިވެހި ފިރެހެނަކާއި 52 އަހަރުގެ އަންހެންކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނަކާއި 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނަކާއި 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނަކާއި 71 އަހަރުގެ އަންހެނަކާއި 79 އަހަރުގެ އަންހެނަކާއި 89 އަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ އަންހެނަކާއި 67 އަހަރުގެ ފިރިހެނެކެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

.