އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ނޯ ކޮންފިޑެންސް ވޯޓާއެކު ރައްޔިތުންގެ މަޖިލިސް ތެރެ ހަލަބޮލި ވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ވިލާގަނޑެއްގެ ދަށުގައި ވާ ކަމަށާއި އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅުމުން މަގާމުގެ އޮތޯރިޓީ އެކްސަސައިޒް ކުރަން ދަތިވާނެ ކަމަށެވެ.

އަދި އޭގެ ސަބަބުން ސަރުކާރު އިތުރަށް ބަލިކަށިވެ މަޖިލިސް ހަލަބޮލި ވާނެ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅުމުން އެ މަގާމުގެ އޮތޯރިތީ އެކްސަސައިޒް ކުރަން ދަތިވާނެ، ސަރުކާރު އިތުރަށް ބަލިކަށިވާނެ، މަޖިލިސް ތެރެ ހަމަބޮލިވާނެ
މެންބަރު އާދަމް ޝަރީފް އުމަރު

އެމްޑީޕީގެ ބައެއް މެންބަރުން ފައްޔާޒުގެ އިތުބާރު ނެތްކަމަށް ތާއީދު ކުރައްވާ އިރު އޭނާއަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް އެމްޑީޕީ ބައެއް މެމްބަރުން އަންނަނީ ވިދާޅުވަމުންނެވެ.

އޭގެ ތެރޭގައި އެއެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަަމްގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ހިމެނެއެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާ އިރު މިނިސްޓަރު ފައްޔާޒަކީ އެމްޑީޕީގެ ސީނިއާ ބޭފުޅެކެވެ. އެމްޑީޕީގެ ބައެއް މެންބަރުން ފައްޔާރު ބޭރުކުމުގެ މަސައްކަތް ކުރަނީ އެމްޑީޕީގެ ވައުދު ފުއްދުމުގައި އެ މިނިސްޓަރުގެ ދައުރު ކުޑަކަން ފާހަގަ ކުރެވޭތީ ކަމަށް ބުނެފައި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.