9 މީހުންނާއެކު ދަތުރުކުރި ބޯޓެއް ގިރިއަކަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ 9 މީހުންނާއެކު ދަތުރުކުރި "ޕްރޮގްރެސް ބޯޓު" ގދ. ދާންދޫ ކައިރި އޮތް ގިރިއަކަށް އަރައިގެން އެމްއެންޑީއެފް ސަދާން އޭރިއާ ކޯސްޓް ގާޑު ސްކޮޑްރަން އިން ހަރަކާތްތެރި ވާން ފަށާފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 6:33 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އަދި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ. އަދި މި ބޯޓު ދަތުރުކުރަމުން ދިޔައީ ކޮންތަނަކަށް ކަމެއް ވެސް އެނގިފައެއް ނުވެއެވެ.

ކަނޑުމަތީގައި ހިނގާ މިފަދަ ހާދިސާތަކުގައި ސިފައިން ދަނީ އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.