ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ސިއްހީ ދާއިރާގެ ކަންކަން މެދުނުކެނޑި ކުރިއަށްދާނެ ކަމަށާއި ބަޖެޓަށްވުރެ އިސްކަން ދެއްވަނީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ކަމަށް މިނިސްޓާ އޮފް ހެލްތް، އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އާއި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރުގެ އެދިވަޑައިގަތުމަކަށް މިނިސްޓަރު އަމީންއާ ސުވާލުކުރެއްވުމަށް މިއަދުގެ މަޖިލީހަށް ހާޒިރުކުރުމުން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދަޅުވީ ބަޖެޓުގައި ދަތިކަން ހުރިކަމަށާއި ނަމަވެސް ސިއްހީ ދާއިރާގެ ކަންކަން ތަރުތީބު ކުރާނީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ފަހު ކަމަށެވެ.
އަދި ކޮވިޑް-19އާ ގުޅިގެން ސިއްހީ ހިދުމަތްތަކަށް އައިސްފައި މިވަނީ ދަތި ދުވަސް ތަކެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ މި ދުވަސްވަރުގެ ތެރޭގައިވެސް ގިނަ ޕްރޮގްރާމްތައް ހިންގައި އިތުރު ކުރެވިފައިވާ ކަމަށެވެ.
އަދި އިތުރު ފުރުސަތުގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ސިއްހީ ނިޒާމުގެ ހުރިހާ ކަމެއްވެސް މެދު ނުކެނޑި ކުރިއަށްދާނެ ކަމަށެވެ.
ރާއްޖޭގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ ދަތިކަމާއި ތަނުގެ ޖާގައިގެ ދަތިކަން ހުރިކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކޮވިޑް-19އާ ގުޅިގެން ބަޖެޓްގެ ދަތިކަން އައިސްފައިވާކަންވެސް ތަކުރާރުކޮށް މިނިސްޓާ ވަނީ ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވެފައި ވާއިރު، ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި މީހެއްގެ ޖަނާޒާގެ ކަންކަން ކުރިއަށް ދަނިކޮށް، އޭނާ އައިސޮލޭޝަނަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅި ކަމަށް އާއިލާއިން ބުނެފައިވާ ހާދިސާއެއް ހިނގާފައި ވަނީ އިއްޔެއެވެ.
އަދި މިދިޔަ މޭ މަހާއި ޖޫން މަހު ވަނީ ރާއްޖޭގައި ބަނޑަށް މަރުވެފައިވާ ކުދިންގެ ގިނަ މައްސަލަތައް އިތުރުވެފައެވެ. އަދި ހަމަ އެހެންމެ ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށިފަހުން އެހެން ބަލިތަކަށް ބޭސްކުރާ ފަރާތްތަކާ މެދު އިހުމާލު ވަމުންދާ މައްސަލަތައްވެސް ވަނީ ފެންމަތި ވެފައެވެ.
މިނިސްޓަރުން ތިބޭނީ ތިފާޑަށް. ދެން އަތް ޖައްސަވާ..