ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވީ ޖުމްލަ 66 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި 12 ބަންގްލްދޭޝް މީހުންނާއި އިންޑިއާއަށް ނިސްބަތްވާ 2 މީހެކެވެ.

މިއަދު ޕޮޒިޓިވް ވި 66 މީހަކާ އެކު ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 5223 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވެފައި ވަނީ 14 މީހުންނެވެ.

މިހާރު ހޮސްޕިޓަލުގައި 148 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީ ތަކުގައި 1507 މީހަކު އެބަ ތިއްބެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 12 ރަށެއް ހިމެނެއެވެ. އެއީ ހއ.ކެލާ، ހއ.ފިއްލަދޫ، ރ.ހުޅުދުއްފާރު، ބ.ކުޑަރިކިލު، ކ.މާފުށި، ހއ.އިހަވަންދޫ، ހދ.ނާވައިދޫ، ބ.ކަމަދޫ، ޅ.ހިންނަވަރު، ވ.ފުލިދޫ، ޏ.ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 20 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 15 ދިވެހިންނާއި 5 ބިދޭސީންނެވެ. 15 ދިވެހިންގެ ތެރޭގައި 7 ފިރިހެނުންނާއި 8 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.