ސަރުކާރެއް ހިފަހައްޓަން ފައިސާ ޗާޕު ކުރުމަކީ ދިމާވާނެ އެންމެ ބޮޑު ނުރައްކާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު އެހެން ވިދާޅުވެފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 4.2 ބިލިއަން ރުފިޔާ ސަރުކާރަށް އޯވާޑްރޯ ކުރުމާ ގުޅުގެންނެވެ.
ސައީދު ވިދާޅުވީ ކޮންމެ މަހަކަށް އެއް ބިލިއަން ޗާޕުކޮށް ސަރުކާރެއް ހިފަހައްޓަން ފައިސާ ދޫކުރުމަކީ ދިމާވާނެ އެންމެ ބޮޑު ނުރައްކާ ކަމަށެވެ.
ސައީދު ވަނީ އެކަން ހުއްޓަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އެމްއެމްއޭ އިން އާންމުކޮށްފައިވާ ޖުލައި މަހުގެ މާލީ ހިސާބުތައް ދައްކާގޮތުން ޖުލައި 29ގެ ނިޔަލަށް ސަރުކާރަށް ދޫކުރި ފައިސާ ވަނީ ހަތަރު ބިލިއަނަށްވުރެ އިތުރުވެފަ އެވެ. އަދި ޖޫން މަހުގެ ނިޔަލަށް އެޑްވާންސްގެ ގޮތުގައި ސަރުކާރަށް 3.5 ބިލިއަން ދޫކޮށްފައިވެއެވެ.
އޯވަޑްރޯގެ ގޮތުގައި އެމްއެމްއޭއިން ފައިސާ ދޫކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއެކު ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް އެދި ފިނޭންސް މިނިސްޓަރު އެދިވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުން އެކަމަށް ހުއްދައާ އެއްގޮތަށެވެ.
ފައިސާ ޗާޕު ކުރުމުން ޑޮލަރުގެ އަގު މައްޗަށް ޖެހި ބާޒާރުގެ ތަކެތީގެ އަގުބޮޑުވެ ދެންވާނީ ސޯމާލިޔާއަށް ވީގޮތަށް. ޢެގައުމަށް ވީގޮތް ވިސްނާ ފިކުރުކުރަން ދޫކޮށްލީ އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށް .