ދިރާގު މަމެންގައި "މަމެން ރިފެރަލް" ފީޗާއާ އެކު ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ލިބޭނެގޮތް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ، "މަމެން ރިފެރަލް" ފީޗާ މެދުވެރިކޮށް މިހާރު މަމެން ގެންގުޅޭ ކަސްޓަމަރުން އާއިލާއާއި ރައްޓެހިންނަށް "މަމެން" ޕްލޭންސް އެކްޓިވޭޓް ކުރުމަށް "ރިފާ" ނުވަތަ ދައުވަތު ދީގެން ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށެވެ. އެގޮތުން، މަމެން ރެފަރަލް މެދުވެރިކޮށް މަމެން ޕްލޭނެއް ނެގުމުން "ރިފާ" ކުރި ކަސްޓަމަރުގެ އިތުރުން، އެ ރެފަރަލް މެދުވެރިކޮށް އަލަށް ކަނެކްޝަން ނަގާ ކަސްޓަމަރަށް ވެސް ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ހުރިހާ މަމެން ކަސްޓަމަރުންނަށް ވެސް މަމެން އެޕްގައިވާ "ރިފަރަލް ޓެބް" މެދުވެރިކޮށް ހާއްސަ "ރިފަރަލް ކޯޑް" އެއް ލިބޭނެއެވެ. އަދި އެ ކޯޑް މެދުވެރިކޮށް ބޯނަސް ޑޭޓާ އާއި ލީޑާ ބޯޑް ޓްރެކް ކުރެވޭނެ ކަމަށާއި މަމެން އެޕް ގޫގުލް ޕެލޭ ސްޓޯ އަދި އެޕަލް އެޕް ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

https://youtu.be/sEbzGmngZGI

މީގެ އިތިރުން، ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަންގެ ދަށުން މަމެން ޑޭޓާ އެޑް-އޮންތަކުން 25 ޕަސެންޓް ޑިސްކައުންޓް މި މަހުގެ ނިޔަލަށް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

2017 ވަނަ އަހަރު ދިރާގުން ތައާރަފުކުރި މަމެންނަކީ އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ހަމަޖައްސާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މޯބައިލް ޕްލޭނަކެވެ.

ޒުވާނުންނަށް ބޮޑަށް އަމާޒުކޮށްގެން ނެރެފައިވާ މަމެންއަކީ މިހާތަނަށް ރާއްޖޭގައި ތައާރަފްކުރި މިފަދަ ފުރަތަމަ މޯބައިލް ޕްލޭނެވެ. ޒުވާނުން ބާރުވެރި ކުރުމަށް ޒުވާނުންގެ މެދުގައި މަގުބޫލް ކެފޭތަކާއި ފިހާރަ ފަދަ ތަންތަނާ ގުޅިގެން ގިނަ ފައިދާތައް މަމެން ކަސްޓަމަރުންނަށް ލިބޭނެ މަގުތައް ދިރާގުން ދަނީ ހޯދަމުންނެވެ.