ކޮވިޑް-19 އިގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް އެކުލަވާލާފައިވާ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އާއެކު ބައްދަލުވުމެއް ބޭއްވުމަށާއި ސިއްހީ ގިނަ އިދާރާތަކާއި ސެންޓަރުތަކާއި ޖަމިއްޔާތަކާ އެކު ވަކިވަކި ބައްދަވުންތަކެއް ބޭއްވުމަށް ތާވަލު ކުރަން ކުރަން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މަޖިލީހުގެ ކޮމެޓީން ނެނުރު ބަޔާނެއްގައި ބުނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ މައުލޫމާތުތައް ހޯދުމަށް ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީން އާންމު ސިއްހަތުގެ ކަންތައްތައް ހިނގަމުން ގޮސްފައިވާ ގޮތާއި މިހާރު ކަންކަން ކުރިއަށްދާ ގެންދާ ގޮތާއި، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތް ދެނެގަނެ، އެކަންކަން ދިރާސާ ކުރުން ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ކުރެއްވުމަށް، ވޭތުވެދިޔަ 50 އަހަރު ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ނިންމާފައެވެ.

އެގޮތުން އިޖުތިމާއި ކޮމެޓީން ބައްދަލު ކުރުމަށް ނިންމާފައިވާ ފަރާތްތަކުގެ ގޮތުގައި ފާހަގަ ކުރާ ފަރާތްތަކަކީ، މަޖިލީހުގެ ރައީސާ ބައްދަލު ކުރެއްވި ޑޮކްޓަރުންނާއި ވޭތުވެދިޔަ 50 އަހަރު ދުވަހު، ދިވެހިރާއްޖޭގައި ޕަބްލިކް ހެލްތް ޑިރެކްޓާ ޖެނެރަލްގެ މަގާމު ފުރުއްވި ބޭފުޅުންނާއި ވޭތުވެދިޔަ 50 އަހަރު ދުވަހު، ހެލްތް މިނިސްޓަރުކަމުގެ މަގާމު ފުރުއްވި ބޭފުޅުންނާއި ކަމާގުޅުންހުރި، މަދަނީ ޖަމިއްޔާތަކާއި ވަކިވަކިންހުރި ހެލްތް ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލްތައް (އޮންލައިންކޮށް ބައްދަލުކުރުން) ކާއި އައިޖީއެމްއެޗާއި ދިނިޔޭގެ ސިއްހަތުގެ ޖަމިއްޔާ ވޯލްޑް ހެލްތް އޮގައިނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އެވެ.

އެ ފަރާތްތަކާ ކޮމެޓީން ބައްދަލު ކުރެއްވުމަށް ކޮންމެ އިދާރާއަކާއި ވަކިވަކިން ނިންމާފައިވާއިރު، ކޮމެޓީން ފުރަތަމަ ބައްދަލު ކުރަން ނިންމާފައިވަނީ މަޖިލީހުގެ ރައީސާ ބައްދަލު ކުރެއްވި ޑޮކްޓަރުންނާއެވެ.