އަތޮޅުތަކުގެ ތެރެއިން އަންނަ އުޅަނދު ފަހަރު މާލެއަށް ލަފާ ފުރަން ވަކި ސަރަހައްދުތަކެއް ކަނޑައަޅައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އަތޮޅުތަކުން މާލެ އަންނަ އުޅަނދުތަކަށް މާލެއާ ކައިރި ކުރެވޭނީ ވަކި ސަރަހައްދުތަކަަކަށް ކަމަށާއި އެ ނޫން އެހެން އެއްވެސް ސަރަހައްދެއް ބޭނުން ނުކުރެވޭނެ ކަމަށެވެ.

މީގެއިތުރުން ސިޓީ ކައުންސިލުން ވަނީ އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން އަތޮޅުތަކުންނާއި ރިސޯޓުތަކުން މާލެއަށް އައިސް ފުރާ އުޅަނދުތައް އެ އުސޫލަށް އަމަލުކުރުމަށް އިލްތިމާސް ކޮށްފައެވެ.

މާލެއަށް އަންނަ އުޅަންދުފަހަރު ލަފާ ފުރަން ހަމަޖެހިފައިވާ ސަރަހައްދުތައް:

  • މާލެ އަންނަ ދޯނި ފަހަރު ލަފާ ފުރުމުގައި ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު ބޭނުން ކުރުން
  • މާލެ އަންނަ އަދި މާލެ އިން ފުރާ ސްޕީޑު ލޯންޗުތައް އެއްނަންބަރު ޖެޓީ ބޭނުން ކުރުން
  • މަސް އުޅަނދުފަހަރާއި އެހެނިހެން އުޅަނދު ލަފާ ފުރަން ހުޅުމާލެ ބަނދަރު ބޭނުން ކުރުން
  • އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރު ތިލަފުށި ބަނދަރު ބޭނުން ކުރުން
  • ރިސޯޓުތަކުން މާލެ އައިސް ފުރާ ސްޕީޑު ލޯންޗުފަހަރު 5 ނަންބަރު ޖެޓީ އާއި 6 ނަންބަރު ޖެޓީ ބޭނުން ކުރުން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އިއްޔެއިން ފެށިގެން ވަނީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް ހރުކަށި ކޮށްފައެވެ. އެގޮތުން، މާލެ އިން ރަށްރަށަށް ދިއުން އިއްޔެ ވަނީ މަނާކޮށްފަ އެވެ. އެއްވެސް މީހަކަށް ދިއުމުގެ ހުއްދަ ދެނީ ސިއްހީ އަދި ޒަރޫރީ ބޭނުމެއްގައި މާލެ އައިސްފައިވާ މީހުން އެނބުރި ރަށަށް ދާންޖެހޭ ހާލަތެއްގައި އެކަނިއެވެ. އަދި މާލެ ސަރަހައްދުގައި އަނެއްކާވެސް ވަނީ ވަކި ވަގުތަކަށް އިއްޔެއިން ފެށިގެން ކާފިއު އިއުލާން ކޮށްފައެވެ.