ވޭތުވެދިޔަ ހަފްތާ ތެރޭ ރާއްޖެއިން ކޮވިޑަށް 924 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އެ ހަފްތާ ތެރޭ 4 މީހުން މަރުވެއްޖެއެވެ.

ނޭޝަލަން އިމަޖެންސީ އޮޕްރޭޝަން ސެންޓަރު (އެންއީއޯސީ)ގެ މައުމޫލާތުތަކަށް ބަލާއިރު، މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު އިތުރުވެ ވަނީ، ކޮވިޑްގެ ބިރު ބޮޑުވެފައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން ޖުމްލަ 4293 އަށް އަރާފައި ވާއިރު، ރަނގަޅުވެފައި ވަނީ 2670 މީހުންނެވެ.

ރާއްޖޭގައި މިދިޔަ 1 ހަފްތާ ތެރޭ ޕޮޒިޓިވްވާ މީހުންގެ އަދަދު:

ޖުލައި 28: ޖުމްލަ 137 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 92 ދިވެހިނާއި ބަންގްލަދޭޝްގެ 31 މީހަކާއި އިންޑިއާގެ 9 މީހަކާއި ލަންކާގެ 4 މީހެއްގެ އިތުރުން ފިލިޕީންސް މީހެކެވެ.

ޖުލައި 29: ޖުމްލަ 61 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 44 ދިވެހިނާއި ބަންގްލަދޭޝްގެ 15 މީހަކާއި އިންޑިއާގެ 2 މީހެކެވެ.

ޖުލައި 30: ޖުމްލަ 152 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 89 ދިވެހިނާއި ބަންގްލަދޭޝްގެ 54 މީހަކާއި އިންޑިއާގެ 5 މީހަކާއި ލަންކާގެ 4 މީހެކެވެ.

ޖުލައި 31: ޖުމްލަ 74 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 44 ދިވެހިނާއި ބަންގްލަދޭޝްގެ 19 މީހަކާއި އިންޑިއާގެ 8 މީހަކާއި ލަންކާ މީހަކާއި ނޭޕާލްގެ މީހެއްގެ އިތުރުން ފިލިޕީންސް މީހެކެވެ.

އޮގަސްޓް 1: ޖުމްލަ 156 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 135 ދިވެހިނާއި ބަންގްލަދޭޝްގެ 20 މީހަކާއި އިންޑިއާ މީހަކާއި ލަންކާގެ މީހެކެވެ.

އޮގަސްޓް 2: ޖުމްލަ 215 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 149 ދިވެހިނާއި ބަންގްލަދޭޝްގެ 54 މީހަކާއި އިންޑިއާގެ 7 މީހަކާއި ލަންކާގެ 2 މީހަކާއި ނޭޕާލްގެ 2 މީހެއްގެ އިތުރުން އިންޑޮނޭޝިޔާ މީހެކެވެ.

އޮގަސްޓް 3: ޖުމްލަ 129 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 93 ދިވެހިނާއި ބަންގްލަދޭޝްގެ 23 މީހަކާއި އިންޑިއާގެ 8 މީހަކާއި ލަންކާގެ 4 މީހެއްގެ އިތުރުން އިންޑަނޭޝިއާ މީހެކެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވެފައި ވަނީ 1490 މީހުންނެވެ. އޭގެ ތެރެއިން 92 މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުން މިއަދު ވަނީ އެއް މަހުގެ ތުއްތު ކުއްޖަކުވެސް އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައެވެ.

ކޮވިޑްޖެހި ރާއްޖެއިން މިހާތަނަށް 19 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 5 ބިދޭސީންނެވެ. 14 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 7 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

ވޭތުވެދިޔަ ހަފްްތާގައި މަރުވި މީހުންގެ އަދަދަށް ބަލާއިރު، ޖުމްލަ 4 މީހަކު މަރުވެފައި ވެއެވެ. އެއީ ޖުލައި 30ގައި މަރުވި 71 އަހަރުގެ ދިވެހި އަންހެނަކާއި މިމަހުގެ ފުރަތަމަ އެއްވަނަ ދުވަހު މަރުވި 52 އަހަރުގެ ދިވެހި އަންހެނަކާއި 2 ވަނަ ދުވަހު މަރުވި 89 އަހަތުގެ ދިވެހި ފިރިހެނަކާއި މިއަދު މަރުވި 80 އަހަރުގެ ދިވެހި އަންހެނެކެވެ.