ރާއްޖޭގައި ކޮވިޑް ބަލީގައި އުމުރުން 52 އަހަރަުގެ އަންހެނަކު މަރުވެއްޖެއެވެ. ހެލްތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވި އަންހެން މީހާ މަރުވެފައި ވާނީ ރޭ 11:20 ގައި ކަމަށެވެ.

މަރުވި އަންހެން މީހާ ނޭވާލާން އުނދަގޫވާތީ އިންޔެ ހަވީރު 4:40 ގައި އައިޖީއެމްއެޗުގެ އިމަޖެންސީ ރެސްޕޯންސް (އީއާރު) އަށް ދައްކާފައި ވާަ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

އޭނާ އައިޖީއެމްއެޗަށް ދެއްކުމުގެ ކުރިން، އޭނާގެ ކިބައިން ކޮވިޑް އަލާމާތްތައް ފެނުނު ކަމެއް ނުވަތަ އެއީ ޕޮޒިޓިވް އެހެން މީހާކާ ޑައިރެކްޓް ކޮންޓެކްޓެއް ކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ. އައި އޭނާ އިއްޔެ އައިޖީއެމްއެޗަށް ދައްކަން ދިޔައީ ކޮން ބާވަތެއްގެ ވެހިކަމެއްގައި ކަމެއްވެސް އެޗްޕީއޭއިން އަދި ހާމައެއް ނުކުރެއެވެ.

މާލެ ސަރަހައްދު ގައި ބާރަށް ކޮވިޑް ބަލި ފެތުރެމުން ދާ މި ދަނޑިވަޅުގައި އިއްޔެ އެކަނިވެސް 156 މީހަކު ޕޮޒިޓިވް ވިއެވެ. އޭގެ ތެރެއިން 134 މީހުންނަކީ ދިވެހިންނެވެ.