މިއަހަރުގެ ދެވަނަ ކުއާޓަރު އެސްޓީއޯއިން ނިންމާލީ 104 މިލިއަން ރުފިޔާގެ ސާފު ފައިދާއާ އެކުގައެވެ.

އެސްޓީއޯގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ މިއަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ 10 މިލިއަން ދަށް އަދަދެއް ނަމަވެސް މިއަހަރުގެ ފުރަތަމަ ދެ ކުއާޓާރުގައި 218 މިލިއަން ވަނީ ހޯދާފައެވެ.

އަހަރީ ރިޕޯޓުގެ އަދަދުތައް ބުނާ ގޮތުން، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި އެސްޓީއޯ އަށް 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އޭގެ ތެރޭ ހިމެނެނީ ތެލުގެ ވިޔަފާރިން ލިބުނު 629 މިލިއަން ރުފިޔާ އާއި ތެޔޮ ނޫން އެހެން ވިޔަފާރިތަކުން ލިބުނު 669 މިލިއަން ރުފިޔާއެވެ.

އެސްޓީއޯގެ އާމްދަނީގެ 65 ޕަސެންޓަކީ ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބޭ އާމްދަނީ އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އަދި އިގުތިސޯދީ ހީނަރުކަން އެސްޓީއޯއަށްވެސް ވަނީ ކުރިމަތިވެފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތުގައި ބޭނުންވާ ޒަރޫރީ ގިނަ މުދަލާއި، ޕާމަސޫޓިކަލްސް ސަރުކާރުން ރާއްޖެ އެތެރެ ކުރީ އެސްޓީއޯ މެދުވެރި ކޮށެވެ.