އިތުރު ފަރުވާއަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވާ ބޯޓުންދާ ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެ، ބޯޓު ހުއްޓުވައިފިއެވެ.
މިކަން އާސަންދައިން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދީފައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އާސަންދައިން ބުނީ ޕޮޒިޓިވްވި ތިން މީހުންގެ ތެރެއިން އެކަކުގެ ނަތީޖާ އައިޖީއެމްއެޗުން ރޭ ނެގެޓިވް ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް ނަތީޖާ އައި އިތު އެމީހާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށެވެ. އަދި އެމީހާގެ ނަތީޖާ ލިބުނު އިރު ހުރީ ބޯއްޓުގައި ކަމަށް ވުމުން މިހާރު ކުރިއަށްދަނީ ބޯއްޓު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކަމަށާއި ޑިސްއިންފެކްޓް ކޮށް ނިމުމުން ފުރާނެ ކަމަށެވެ.
އެ ބޯއްޓުން ދާން ހަމަ ޖެހިފައިވާ އިތުރު ދެ މީހަކު ޕިޒިޓިވް ވެފައިވުމުން ނާންނަ ކަމަށް އާސްނަދައިން މައުލޫމާތު ދެއެވެ.
"މިހާރު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ، ބޯއްޓުން ޕޮޒިޓިވް ވީ އެންމެ މީހެއް، އަސްލޮ ޓޯޓަލްކޮށް ތިން މީހަކު ޕޮޒިޓިވްވި، އަނެއް ދެމީހުންނެއް ނުވެއްދޭ، އެކަކުގެ، ރޭގަ އަސްލު އައިޖީއެމްއެޗުން ނެގެޓިވް ކަމަށް ބުނެފަ އަނެއްހެން ރިޕޯޓެއް ނުދޭ، މިއަދު ރިޕޯޓް އައި އިރުގަ އިނީ ޕޮޒިޓިވް ކަމަށް، އޭނަ ބޯއްޓަށް އަރުވާފަ އިނީމަ ބާލާފަ ޑިސްއިންފެކްޓް ކޮށްފަ އަނެއްކާ ފުރާ ގޮތައް އިނީ" އާސަންދަ
މިމަހުގެ 25 ވަނަ ދުވަހު އާސަންދައިގެ ފަރާތުން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ބޭސް ފަރުވާ ކުރަން ދިޔަ 3 މީހަކު ވަނީ މަރުވެފައެވެ. އަދި އެ ހޮސްޕިޓަލަށް ދިޔަ ދިވެހިންގެ ތެރެއިން (ބަލި މީހުންނާއި އެހީތެރިންގެ ތެރެއިން) 3 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ. އެމީހުން ވަކިން ކަރަންޓީނުކޮށް ބައެއް މީހުން ވަކިން އައިސޮލޭޓް ކުރަން ޖެހުމާ ގުޅިގެން މިވަގުތު އަމްރިތާ ހޮސްޕިޓަލުގައި އިތުރަށް ކަރަންޓީނު ކޮށްގެން ފަރުވާ ދެވޭނެ ޖާގަ ނެތް ކަމަށް ވެސް އާސަންދައިން ބުނެފައި ވެއެވެ.
މި މަހުގެ މެދެއްހާ ހިސާބުގައި އިންޑިއާއަށް ބޭސްފަރުވާއަށް ދެވަނަ ފްލައިޓެއް ފުރާފައިވާ އިރު އެ ފްލައީޓުގައި 59 ދިވެހިން ވަނީ ދަތުރުކޮށްފައެވެ. އޭގެތެރެއިން 49 ދިވެހިން ގޮސްފައިވަނީ އަމްރިތާ ހޮސްޕިޓަލަށެވެ. ބާކީ 10 ދިވެހިން ގޮސްފައި ވަނީ ކިމްސް ހޮސްޕިޓަލަށެވެ.