ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާ ގުޅިގެން ދިރާގުން ހާއްސަ ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ތައާރަފް ކުރި ޕްރޮމޯޝަންގެ ދަށުން ދިރާގު މޯބައިލް ބޫސްޓާ ތަކުން 55 ޕަސަންޓް އިތުރު އެލަވަންސް ލިބިގެން ދާނެއެވެ. އެގޮތުން، ދިރާގު ޕްރީޕެއިޑް މިނީ ބޫސްޓާ އަދި ޕޯސްޓްޕެއިޑް ބޫސްޓާތައް 26 ޖުލައި އާއި 3 އޮގަސްޓާ ދެމެދު އެކްޓިވޭޓް ކޮށްގެން 55 ޕަސަންޓް އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ކުލަގަދަކޮށް މިނިވަން ދުވަސް ފާހަގަކުރަމުން އައި ބައެއް ނަމަވެސް، މި އަހަރު ކޮވިޑް-19ގެ ސަބަބުން މިނިވަން ދުވަހުގެ ކުޅިވަރުތަކާއި، ހަފުލާތައް ނުބާއްވަން ވަނީ ހަމަޖައްސާފައެވެ.

ދިރާގުން ބުނީ އެ ކުންފުނިން އުންމީދު ކުރަނީ މި އިތުރު ޑޭޓާގެ ސަބަބުން ދިރާގު މޯބައިލް ކަސްޓަމަރުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ރައްޓެހިންނާއި އާއިލާއަށް ފޮނުވާ، މި ޗުއްޓީތެރޭގައި މުނިފޫހި ފިލުވުމުގެ ކަންތައްތައް ޑިޖިޓަލްކޮށް ކުރުމަށް ލިބޭނެ އިތުރު ހިއްވަރަކާއި ލުއި ފަސޭހައަކަށް ވެގެންދިއުން ކަމަށެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވިޔަސް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.

އިއްޔެއަކީ ރާއްޖެއަށް ސިޔާސީ ގޮތުން މިނިވަންކަން ލިބުނުތާ 55 ވަނަ އަހަރު ފުރުނު ދުވަހެވެ. 1965، ޖުލައި 26 ވަނަ ދުވަހު ރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ލިބުނު އިރު، ރާއްޖޭގެ ތާރީހުން ފެންނަން އޮތީ ފެށުނީއްސުރެ ރާއްޖެއަކީ މިނިވަން ގައުމެއް ކަމުގައެވެ.