ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 50 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) ބުނީ މިއަދު ޕޮޒިޓިވް ވެފައިވާ 50 މީހުންގެ ތެރޭގައި ހިމެނެނީ 34 ދިވެހިންނާއި 14 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ދެ މީހުންނެވެ.
މިއަދި އިތުރު 50 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމަލަ އަދަދު ވަނީ 3302 އަށް އަރާފައެވެ. ރާއްޖެއިން މިއަދު އެއްވެސް މީހަކު ރަނގަޅުވެފައެއް ނުވެއެވެ.
މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 421 މީހުން ކަމަށް އެޗްޕީއޭއިން ބުނާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި އުޅޭނީ 738 ކޭސްއެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.
އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ މިއަދު މަރުވި 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނެކެވެ.
މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.