އެޕަލްގެ ބާރުގަދަ އަދި އެންމެ އަގުހެޔޮ ފަހުގެ އައިފޯން އެސްއީ މޫލީ މެދުވެރިކޮށް މިހާރު ގަނެވޭނެއެވެ.

އުރީދޫ މޯލްޑިވްސުން ވަނީ އެޕަލްގެ ބާރުގަދަ އަދި އެންމެ އަގުހެޔޮ، ފަހުގެ އައިފޯން އެސްއީ ރާއްޖެއަށް ލޯންޗްކޮށްފައެވެ. ފަހުގެ އެހެން އައިފޯނުތަކާ އަޅާ ބަލާއިރު ސައިޒުން ކުޑަ ކަމުގައި ވީނަމަވެސް މި ބާރުގަދަ ފޯނު ފަރުމާ ކޮށްފައި ވަނީ ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ އެންމެ އަވަސް ޗިޕް ކަމުގައިވާ އޭ13 ބައޯނިކް ޗިޕް ބޭނުންކޮށްގެނެވެ. މީގެ އިތުރުން އައިފޯން މޮޑެލްތަކުގެ ތެރެއިން އެންމެ ވަރުގަދަ ސިންގަލް ކެމެރާ ސިސްޓަމް ހަރުކޮށްފައި ވަނީ ވެސް މި ފޯނުގައެވެ.

އައިފޯން އެސްއީ (ޖެން 2)ގެ އަގުތައް:

  • 128 ޖީބީ - 9,399 ރުފިޔާ
  • 256ޖީބީ - 11,499 ރުފިޔާ

މި ފޯނު ލޯންޗު ކުރުމާ ގުޅިގެން އުރީދޫގެ އެކްޓިންގް ޗީފް ކޮމާރޝަލް އޮފިސާ، ހުސެއިން ނިޔާޒް ވިދާޅުވީ، ދިވެހިންނަކީ ފަހުގެ ޓެކްނޮލޮޖީތައް ބަލައިގަނެ، ބައިނަލްއަގްވާމީ މާކެޓަށް ތައާރަފް ކުރާ އެންމެ ފަހުގެ އަދި އެންމެ އެޑްވާންސް އުފެއްދުންތައް، އެންމެ އަވަހަށް ގަތުމަށް އަބަދުވެސް ޝައުގުވެރިވާ ބައެއް ކަމަށެވެ. އެހެންކަމުން، އުރީދޫ ކަސްޓަމަރުންނަށް އައިފޯނުގެ މި ބާރުގަދަ އަދި އެންމެ އަގުހެޔޮ ފަހުގެ އައިފޯން އެސްއީ ފަސޭހަކަމާއެކު ބައްލަވައިގަތުމަށް މަގު ފަހިކޮށްދިނުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

މިއަދު ލޯންޗްކުރި އައިފޯން އެސްއީ އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ގަނެ، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ގެންގޮސްދޭނެއެވެ.