ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ހަތަރު މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ދަ ޕްރެސް އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ ކޮވިޑަށް މުވައްޒަފުން ޕޮޒިޓިވް ވެފައިވަނީ މިދިޔަ ހަފްތާ ތެރޭގައި ކަމަށެވެ.

އެގޮތުން ދެ މުވައްޒަފަކު ކޮވިޑް ގެ އަލާމަތްތައް ފެނުމާއެކު ޓެސްޓުކުރި އިރު ޕޮޒިޓިވް ވެފައިވާ ކަމަށް ސުހައިލް ވިދާޅުވެއެވެ. އަދި އެމީހުން ކޮންޓެކްޓް ޓްރޭސީންގެ ތެރެއިން އިތުރު ދެ މީހަކު ޓެސްޓު ކުރި އިރު ޕޮޒިޓިވް ވެފައިވާ ކަމަށް ސުހައިލް ވިދާޅުވިއެވެ. ނަމަވެސް އެމީހުންގެ ކިބައިން އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 3175 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރާއްޖެއިން މިހާރު 2498 މީހުން ވަނީ އެބަލިން ރަނގަޅުވެފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ.