ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަށް އަލުން ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ތައާރަފުކޮށްފިއެވެ.
ދިރާގުން ބުނީ އެ ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބާ ކޭބަލް އެއް އަޅާފައިވާ ބިލްޑިންގް ތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ރައުޓަރެއް ވެސް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ދިރާގު ފައިބާ ކޭބަލެއް ނެތް ބިލްޑިންގް ތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓް ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުނާއިރު، އެ ޕްރޮމޯޝަން ކުރިއަށްދާނީ އޮގަސްޓް 31ގެ ނިޔަލަށެވެ.
ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 75 އިންސައްތައަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ.
މިއީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބާ ނެޓްވޯކް ތަޖުރިބާކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ.
ވަކިން ހާއްސަކޮށް މިދުވަށްވަރަކީ ވަރަށް ބޮޑަށް އިންޓަނެޓަށް ބަރޯސާވާން ޖެހިފައިވާ ދުވަސްވަރެއްކަމުގައި ވުމުން، ދިރާގު ފައިބާ ނެޓްވޯކް ފަދަ އިތުބާރު އަދި ޒަމާނީ ހިދުމަތެއް ހެޔޮ އަގެގައި ހޯދުމަށް ހުޅުވާލާފައިވާ މި ފުރުސަތުގެ ބޭނުން ކޮންމެހެންވެސް ހިފަންވާނެއެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކުގައި އަދި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ހިމެނެއެވެ. އެގޮތުން، ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތުން ފޯރުކޮށްދެއެވެ.
ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދީ ޑިގިޓަލް ރާއްޖެއަކަށް ދިވެހި ރާއްޖެ ވާސިލްވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންޔެކެވެ.