މިހާރުވެސް 70 ހާސް ބިދޭސީ މީހުން ވިސާއެއްނެތި އެމީހުން ބޭނުން ކަމެއް ކުރެވޭއިރު ރެސިޑެންޓް ވިސާ އަކީ ކީއްކުރާ ވިސާއެއް ކަމާމެދު ކުރީގެ ރައްޔިތުން މަޖިލީހުގެ ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ސުވާލު އުފައްސަވައިފިއެވެ.

މޫސަ މިހެން ވިދާޅުވީ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ސުވާލު އުފައްދަމުން މޫސަ ވިދާޅުވީ، މިހާރުވެސް 70 ހާސް މީހުން ވިސާނެތި ރާއްޖޭގައި ބިދޭސީންގެ ގޮތުގައި ތިބި ކަމަށާއި އެމީހުން ބޭނުން ހުރިހާ ކަމެއް މިގައުމުގަ މިވާރުވެސް ކުރެވޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށްވެސް، ސަރުކާރަށްވެސް ތަހުގީގުކޮށް ކަން ކުރި މީހުނަށް ފިޔަވަޅެއް އަޅަން ނުކެރުނު މައްސަލައެއްގެ ގޮތުގަ ފާހަގަ ކުރެވުނު ހަމައެކަނި މައްސަލަ އަކީ ބިދޭސީންގެ މައްސަލަ ކަމަށް މޫސަ ވިދާޅުވެ ވަނީ ސުވާލު އުފައްދަވާދައެވެ.

މުސާ މިފަދައިން ވިދާލުވެފައި ވާއިރު، އެކަމާ ގުޅިގެން އިއްޔެ ވިދާޅުވެފައި ވަނީ އެހެން ގިނަ ގައުމުތަކުގައި ރެސިޑެންޓް ވިސާ ދެނީ އެ ގައުމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ވިޔަފާރި ކުރާ ފަރާތްތަކަށް ކަމަށެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ރައީސް ނަޝީދު ހުށަހެޅުއްވީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާ ދޭ ގޮތަށާއި ދިިވެއްސަކާ ކައިވެނި ކުރާ ބިދޭސީންނަށް ވެސް އެ ވިސާ ލިބޭ ގޮތަށް ބަދަލު ގެނައުމަށެވެ.

އެ އިސްލާހާ ގުޅިގެން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުން ވިދާޅުވީ، ތަނެއް ކުއްޔަށް ހިފާ ކޮންމެ ބިދޭސީއަކަށް ރެސިޑެންޓް ވިސާ ދޭން ފަށައިފި ނަމަ، އޭގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަން ފަށާފާނެ ކަމަށާއި ކުއްޔަށް ހިފާ މީހުންނަށް ރެސިޑެންޓް ވިސާ ދިނުމަކީ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫން ކަމަށެވެ.

އިމިގްރޭޝަންގެ އެ އިސްލާހާ ދެކޮޅަށް ގިނަ މެންބަރުން ވާހަކަދައްކަވާފައި ވާއިރު، ކޮމިޓީން ނިންމީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކޮމިޓީ އަށް ހާޒިރުކޮށް، އެކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ.

އެކަމާ ގުޅިގެން އާންމުންގެ ފާޑިއުން އަމާޒުވެފައި ވާއިރު، މަޖިލީހުގެ ގިނަ މެންބަރުންވެސް ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.