ރާއްޖެއިން ކޮވިޑް-19 ޖެހުނު ދިވެހިންގެ ޖުމްލަ އަދަދު 1082 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އާންމު ކުރި އަދަދު ތަކަށް ބަލާއިރު މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި ބަންގްލަދޭޝްގެ 14 މީހުންނާއި އިންޑިއާގެ އެކަކެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2731 އަށް އަރާފައިވާ އިރު މި ބަލިން މިއަދު އިތުރު 16 މީހަކު ވަނީ ރަނގަޅުވެފައެވެ. އެއާއެކު ޖުމްލަ މީހުންގެ އަދަދު ވަނީ 2284 އަށް ވަނީ އަރާފައެވެ.
ކޮވިޑަށް ޕޮޒިޓިވްވި ބިދޭސީންގެ އަދަދު 1328 އަށް އަރާފައި ވާއިރު ރާއްޖެއިން ތިން ވަނައަށް އެންމެ ގިނަ އަދަދެއްގެ ޕޮޒިޓިވް ވެފައި ވަނީ އިންޑިއާ މީހުންނެވެ. އެއީ ޖުމްލަ 233 މީހެކެވެ.މީގެ އިތުރުން ރާއްޖެއިން ޕޮޒިޓިވް ވެފައި ވަނީ ނޭޕާލްގެ 45މީހަކާއި އިޓަލީގެ 11 މީހަކާއި ލަންކާ 19 މީހަކާއި ޕާކިސްތާނުގެ 3 މީހެއްގެ އިތުރުން އެހެން ގައުމު ތަކުގެ 10 މީހެކެވެ.
ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވީ 13 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 5 ބިދޭސީންނެވެ. 8 ދިވެހިންގެ ތެރޭގައި 4 ފިރިހެނުންނާއި 4 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނެކެވެ.
މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
ރާއްޖެއިން މިހާރު ވަނީ ނިއު ނޯމަލްގެ އާ އާންމު ހާލަތަށް ވަނީ ހުޅުވާލާފައި ވާއިރު، ޕޮޒިޓިވް ވަމުންދާ ދިވެހިްންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. ބޭރަށް ނުކުމެ އުޅުމާއި ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ޕާކުތައްވެސް ވަނީ ހުޅުވާލާފައެވެ. އަދި މިހާރު މާލެތޭރޭގައި މީހުންނަށް ނުކުމެ އުޅޭވޭ ވަގުތުވެސް ވަނީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހަމަޖައްސާފައެވެ.