ބޮލީބްޑް ސްޓާ އަދި އަމީތާބު ބައްޗަންގެ ދަރި އަބީޝެކް ބައްޗަންވެސް ވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ދާދި ދެންމެ ފިލްމްފެއާއިން ވަނީ އެކަން ޔަގީން ކޮށްދީފައެވެ. އަދި އަބިޝެކްވެސް ވަނީ އެކަން ޔަގީން ކޮށްދީފައެވެ.

އަބީޝޭކް ބުނެފައިވަނީ އޭނާ ހޮސްޕިޓުގައި އެޑްމިތް ކޮށްފި ކަމަށާއި، ބައްޕައާ ދެބަފައިންގެ ހާލު ރަނގަޅު ކަމަށެވެ. އަދި އަންގެން ޖެހޭ ހުރިހާ ފަރާތްތަކަށް އަންގާ، އާއިލާއާއި މުވައްޒަފުންވެސް ޓެސްތް ކުރަމުން ދާ ކަމަށެވެ. އޭނާ އިތުރަށް ބުނެފައި ވަނީ ޕެނިކް ނުވެ ކެތްތެރިކަމާއެކު ތިބުމަށެވެ.

އަބީޝެކް ޕޮޒިޓިވް ވެފައި ވާއިރު މިރޭ ވަނީ އޭނާގެ ބައްޕަ އަމީތާބު ބައްޗަން ކޮވިޑަށް ޕޮޒިޓިވް ވެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.

އަބީޝެކަކީ އަމީތާބުގެ ދަރިއަކަށް ވުމުގެ އިތުރުން ކުރީގެ ރީތީގެ ރާނީ އަދި ބްލީވްޑް ސްޓާ އައިޝްވާރިއާ ރާއީގެ ފިރިމީހާވެސް މެއެވެ. އެ ދެމަފިރިންނަށް ކުއްޖަވުވެސް ލިބިފައި ވެއެވެ.