ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތްކަމަށްވާ، ދިރާގު ޓީވީއަށް ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު އިންޑިޔާގެ ޓީވީ ޗެނަލްތައް ކަމަށްވާ "ސްޓަރ"ގެ ޗެނަލްތައް ތައާރަފުކޮށްފިއެވެ.

މިއަދުން ފެށިގެން ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ސްޓާ އިންޑިޔާ ނެޓްވޯކްގެ މަޝްހޫރު ހުރިހާ ޗެނަލްތައް ބަލާލެވޭނެއެވެ. އޭގެ ތެރޭގައި ސްޓާ ޕްލަސް، ސްޓާ ގޯލްޑް، ސްޓާ ބާރަތް، ސްޓާ ޖަލްޝާ، ސްޓާ ވިޖޭ އަދި އޭޝިއާނެޓް ހިމެނެއެވެ.

ސްޓާ ޗެނަލްތަކުގެ މަޝްހޫރު ޓީވީ ޑްރާމާ ސިލްސިލާތަކާ، ރިއަލިޓީ ޝޯތަކާއި އެންމެ ފަހުގެ ބޮލީވުޑް ބްލޮކްބަސްޓާ ފިލްމްތައް ދިރާގު ޓީވީއަށް އަންނާނެ ދުވަހަކަށް އިންތިޒާރުކޮށްގެން ތިބި ހުރިހާ ފޭނުންނަށް މިއަދު ވެގެންދާނީ ވަރަށް އުފާވެރި ދުވަހަކަށެވެ. އަދި ހާއްސަކޮށް ކޮވިޑް-19ގެ ސަބަބުން މެދުކެނޑިފައިވާ ސްޓާ ޕްލަސް އަދި ސްޓާ ބާރަތްގެ ޑްރާމަ ސިލްސިލާތައް އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އަލުން ފެށުމުގެ އުފާވެރި ހަބަރާއެކު މިކަން ވެގެންދާނީ ދިރާގު ޓިވީ އަދި ސްޓާ ނެޓްވޯކްގެ ފޭނުންގެ ދިގު އިންތިޒާރުގެ ފޮނި ނިމުމަކަށެވެ.

ސްޓާ ނެޓްވޯކް ދިރާގު ޓީވީއަށް އައުމާ ގުޅިގެން ދިރާގު ޗީފް މާކެޓިން އޮފިސާ މަހްމޫދް ދަސާ ވިދާޅުވިގޮތުގައި ދިރާގު ޓީވީއަށް ސްޓާ ނެޓްވޯކްގެ ޗެނަލްތައް އައުމަކީ ވަރަށް އުފާކުރާ ކަމެއްކަމަށެވެ. ސަބަބަކީ ސްޓާގެ ޗެނަލްތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ޗެނަލްތަކަކަށްވެފައި، ސްޓާ ނެޓްވޯކްފަދަ ބޮޑު ޗެނަލަކާ ގުޅުމުން ދިރާގު ޓީވީން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކޮންޓެންޓް އިތުރަށް މުއްސަނދިވެ ތަރައްގީވާނެ ކަމަށް ގަބޫލުކުރެވޭތީއެވެ. މަހުމޫދު އިތުރަށް ވިދާޅުވި ގޮތުގައި، މި ކޮލާބޮރޭޝަންގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް މުނިފޫހިފުލުވުގައި އިތުރު ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރާކަމަށެވެ.

ސްޓާ އިންޑޔާގެ ސްޕޯކްސްޕާސަން ވިދާޅުވި ގޮތުގައި ދިރާގު ޓީވީއާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ސްޓާގެ ޗެނަލްތައް ފޯރުކޮށްދެވުމަކީ ވަރަށް އުފާކުރާކަމެއް ކަމަށާއި ދިރާގު ޓިވީ ކަސްޓަމަރުން ސްޓާއިން ފޯރުކޮށްދޭ ޗެނަލްތަކާއި، ބޮލްކްބަސްޓާ ފިލްމުތަކުގެ އިތުރުން ޑްރާމާ ސިލްސިލާތަކަކީ ދިވެހިން ގަޔާވާ އަދި ކަމުދާނެ ޕްރޮގުރާމްތަކަށް ވެގެންދާނެ ކަމަށެވެ.

100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ 73 ޕަސަންޓް ގޭބިސީއަށް މިހާރު ޓީވީ ހިދުމަތް ވަނީ ދިރާގުން ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި 53 ރަށް ހިމެނެއެވެ. މީގެ ތެރޭގައި ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށް ވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ފޯރުކޮށްދީފައިއެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ.