ފުރަބަންދާ ގުޅިގެން އެކި އެކި ކަރަންޓީން ފެސިލިޓީ ތަކުގައި ބައިތިއްބާފައި ތިއްބާ ފިލާފައިވާ ބިދޭސީންތަކެއް ހޯދުމަށް، އެމީހުންގެ ނަމާއި ފޮޓޯ އާންމުކޮށް ފުލުހުން އިއުލާނެއް ނެރެފިއެވެ.
ފުލުހުން ބުނީ، މި މީހުންނަކީ، ފުރަބަންދާ ގުޅިގެން އެކި އެކި ކަރަންޓީން ފެސިލިޓީ ތަކުގައި ބައިތިއްބާފައި ތިއްބާ ފިލާފައިވާ އަދި ގަވާއިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފިލާފައިވާ ބިދޭސީންތަކެއް ކަމަށެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާތީ އެ މީހުން ހޯދުމުގެ މަސައކްަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފިލައިގެން އުޅޭ މީހުން:
- މުޙައްމަދު ސިރާޖު މިއާ - ޓަންގައިލް، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BJ0132260)،
- އަލާމީން - ބަރަހަމަންބަރިއާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BK0321483)،
- އެމްޑީ ސައިފުލް - ބަރަހަމަންބަރިއާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BA0787835)،
- މުހައްމަދު ފަޒުލުލް ހައްގު - ކޮމިއްލާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0592060)،
- މުހައްމަދު މުނީރު ހުސައިން - ޗަންދުޕޫރު، ބަނގްލަދެޝް (ޕާސްޕޯޓް ނަންބަރު: BF0429254)،
- މުހައްމަދު ގައްފާރު ބޭޕަރީ - ބަރަހަމަންބަރިއާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: AE1683822)،
- މުހައްމަދު ޕަރުވޭޒް - ޓަންގައިލް، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BB0126779)،
- ބިލާލް ހާން - ގާޒީޕޫރު، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: B0279141)، އެވެ.
މި މީހުންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅާ، އެކަން ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.