މިހާރު ފެންނަ ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން އެކަކުގެ ކޮންޓެކްޓްސްގެ ގޮތުގައި 74 ފަރާތެއް ފެނިފައިވާ ކަަމށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާޙަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، މިހާރު ޕޮޒިޓިވްވާ މީހުން އިތުރުވާ އިރު ގުޅުމެއް ނެތް ކޭސްތައް އިތުރުވަމުންދާ ކަމަށެވެ. އެ ގޮތުން މިއަދު ފެނުނު 36 ކޭސްތަކުގެ ތެރެއިން 14 މީހުންނަކީ އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް ކޭސްތަކެއް ކަމަށް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.

މިހާރު ފެންނަ ކޭސްތަކުގެ ތެރެއިން ޑޭޓާއަށް ބަލާލާއިރު ޕޮޒިޓިވްވާ ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގް އިތުރުވަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެ ގޮތުން އެއް ކްލަސްތާއަށް ބަލާލައިފި ނަމަ އެކެއްގެ 33 ކޮންޓެކްޓް ފެންނަ ކަމަށާއި އިތުރު މީހެއްްގެ 23 ކޮންޓެކްތް އަދި އިތުރު މީހެއްގެ 74 މީހުން ކޮންޓެކްޓްސްގެ ގޮތުގައި ފެންނަން އެބަހުރި ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"ލުއި ދިނީމައި ވަރަށް ގިނަ ބޭފުޅުން އެކަން ހަނދާންނެތޭ. ކުރިން އޮތް ގޮތަށް ދިޔައީ ކަމަށް ހިތާ އެބޭފުޅުންގެ ހަރަކާތްތަކުން ފެންނަނީ އެއްވެސް ވަރަކަށް ބަލާލުމެއް ނެތި އުޅޭ ތަން. އެހެން ދާން ފަށައިފިއްޔާ މިފަދަ މަންޒަރުތައް ފެންނާނެ. މިހާރު އަޅުގަނޑުމެންގެ ކޮންޓެކްޓްސްތައް މި ދަނީ އިތުރުވަމުން"
ޑރ. އިބްރާހިމް އަފްޒަލް

މާޅެ ސަރަހައްދުގައި ކޮވިޑާ ގުޅިގެން ލޮކްޑައުންކޮށްފައި އޮތުމަށްފަހު ލުއި ދިނުމަށް ނިންމާ ވަރަށް ބޮޑެތި ލުއިތަކެއް ދީފައިވީ ނަމަވެސް ގިނަ ބަޔަކަށް ހަނދާންނެތި އެއްވެސް ވަރަަކށް ބަލާނުލާ އުޅޭ ތަން ފެންނަ ކަމަށް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ. މަގުމަތީގައި އަންހެންުނަށް ވުރެ ގަިނއިން ފެންނަނީ ފިރިހެނުން ނުކުމެ އުޅޭ މަންޒަރު ކަމަށާއި ރޯގާ ޖެހި ގިނައިން ބަލިވަނީވެސް ފިރިހެނުން ކަމަށް ޑރ. އަފްޒަލް ފާހަގަ ކުރެއްވިއެވެ.

ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވީ 13 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 5 ބިދޭސީންނެވެ. 8 ދިވެހިންގެ ތެރޭގައި 4 ފިރިހެނުންނާއި 4 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނެކެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

މިއަދު ކޮވިޑަށް 36 މީހަކު ރާއްޖެއިން ޕޮޒިޓިވްވެފައި ވާއިރު އޭގެތެރޭގައި 33 ދިވެހިން ހިމެނެއެވެ. އޭގެއިތުރުން ބަންގްލަދޭޝްގެ 2 މީހަކާއި އިންޑިއާގެ އެކަކު ހިމެނެއެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 942 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 1996 މީހުންނެވެ. އަދި އިންޑީއާއަށް ނިސްބަތްވާ 228 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 44 މީހުންނާއި ސްރީލަންކާގެ 19 މީހުންނެވެ.