ރައްޔިތުންގެ މަޖިލީހުގެ ޑްރައިވަރަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައްޔިތުން މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހުން ޕޮޒިޓިވް ވެފައި ވަނީ މިވަގުތު ކާރު ދުއްވުމަށް މަސައްކަތް ކުރާ މުވައްޒަފެއް ކަމަށެވެ.

އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަން ފަށާފަށާފައިވާ ކަމަށާއި އެގޮތުން އެޗްޕީއޭއާ ގުޅިގެން ކޮންޓްކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ވަނީ ފަށާފައިފައިވާ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް މުވައްޒިފުން ވަނީ ގެއަށް ފޮނުވާލައިފައެވެ.

މިއީ މަޖިލީހުން ކޮވިޑަށް ޕޮޒިޓިވްވި ދެވަނަ މީހާއެވެ. ކުރިން ޕޮޒިޓިވްވި މީހާއާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާ މަޖިލީސް ވަނީ ޑިސްއިންފެކްޓްކޮށްފައެވެ. ނަމަވެސް ފަހުން ވަނީ މަޖިޅިހުގައި ޖަލްސާތައް ބާއްވަން ފަށާފައެވެ.

ޒިޔާއު ވިދާޅުވީ ނިއު ނޯމަލްގައި މިވަގުތު މަޖިޅީހުގައި ޑްރައިވަރެއްގެ މަގާމް އަދާކުރަމުން ދަނީ އެންމެ މުވައްޒަފެއް ކަމަށެވެ.