ކ. ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ކ. ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރި ވަމުން ދާ ކަމަށެވެ.

މިހާރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމް ދަނީ އަލިފާން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އިތުރު ޓީމެއް މާލެއިން ދަތުރު ކުރަމުން ދާ ކަމަށާއި، ރޯވެފައި ހުތި އަލިފާންގަނޑު ކޮންޓްރޯލް ނުވާ ކަަމަަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ރޯވެފައި ވަނީ ސެކުއާ ބޭގް ގުދަނުގައި ކަމަށާއި އަލިފާން ރޯވީ މިރޭ 8:24 ހާ އިރު ކަމަށެވެ.

އަލިފާން ނިއްވުމަށް މިހާރު ދަނީ ފޯމްއާއި ފެން ޖަހަމުން ކަމަށާއި އަދި އަލިފާން ނިއްވާ ނުލެވޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެ ގުދަނުގައި ހުރީ ފަސޭހައިން އަލިފާން ހިފާ ޒާތުގެ ތަކެތި ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދަކަށް ދަވާދު ހިމެނޭ ކަމަށްވެސް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އަނެއްކާ އިތުރު ފަޔާ ޓީމެއް މާލެއިން ތިލަފުއްޓަށް ގޮސްފި ކަމަށެވެ.