ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ފެނުނު ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑިއެފް އިން ބުނީ ރާއްޖޭގެ ހާއްސަ އިގްތިސޯދް ސަރަހައްދުގައި ގަވާއިދާ ހިލާފަށް އިއްޔެ މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަަށް ގެންގޮސްފައި ވަނީ ސިފައިންގެ ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓެސެޕްޓް ކްރާފްޓް "މާފަތް" ގެ އެހީތެރިކަމާއެކު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ބޯޓު ގައި އޭރު ތިބީ 6 މީހުންކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެ ބޯޓު ފެނުނު ކަމަށް އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ މ. އަތޮޅުގެ އިރުމަތީ ފަރާތުން 37 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސަރީ" އަދި ''އަސުރުމާ 02'' ދޯނިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ބޯޓު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު މިއަދު މެނދުރު 2:00 ހާއިރު މާލެ ސަރަހައްދަށް ގެނެސް ފުލުހުންނާ އެ ބޮތު ވަނީ ހަވާލުކޯށްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި އެ ބޯޓުން މަސްވެރިކަން ކުރަމުންދިޔަ މައްސަލަ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އަންނަނީ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.