ދިރާގުން ދާދި ފަހުން ތައާރަފުކުރި "ދިރާގު ޕްލޭ" މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ސޮނީގެ ހުރިހާ ޗެނަލްތައް ބަލާލެވޭނެއެވެ.

މި މޮބައިލް އެޕްލިކޭޝަނަކީ ލައިވް ޓީވީ، އަދި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައިވެސް ބަލާލެވޭނެ ގޮތަށް ހަދާފައިވާ މޮބައިލް އެޕްލިކޭޝަނެކެވެ. ދިރާގު ޕްލޭ މިހާރު ހުޅުވާލާފައިވަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށެވެ.

ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ މި އެޕްގެ މުޅިން އާ ޕެކޭޖް ކަމަށްވާ "ޕްލޭ މޯ" ޕެކޭޖް އިންޓްރޯޑަކްޓަރީ އޮފަރގެ ދަށުން އެންމެ 30 ރުފިޔާ އަށް ސަބްސްކްރައިބް ކޮށްލެވޭނެއެވެ. މި ޕްކޭޖްގައި ކަސްޓަމަރުންނަށް މިހާރު 34 ޗެނަލް ބަލާލެވޭނެވެ. ޕެކޭޖްގެ ވެލިޑިޓީއަކީ އެކްޓީވޭޓް ކުރާތާ 30 ދުވަހެވެ.

ދިރާގު ޕްލޭ އަކީ ހަމައެކަނި ލައިވް ޓީވީ ބަލާލެވޭ އެޕްލިކޭޝަނެއް ނޫނެވެ. މި އެޕަކީ އެންމެ ފަހުގެ ސްޓްރީމިން ހިދުމަތްތަކުގައި އެކުލެވޭ ޒަމާނީ ފީޗާތައް ހިމަނައިގެން ފަރުމާ ކޮށްފައިވާ އެޕެކެވެ. އެގޮތުން، މި އެޕުން ޕްރޮގުރާމްތައް ކުރީބައިގައި ރިކޯޑް ކޮށް، އަދި ހަދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް އެއް ބަލާނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާ ވެސް ލެވޭނެއެވެ. ހަމައެއާއެކު ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުން ދާއިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލާލެވޭނެއެވެ.

ދިރާގު ޕްލޭ މިހާރުވެސް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯއިން ހިލޭ ޑައުންލޯޑް ކޮށްލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ދިރާގުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ މުނިފޫހިފިލުމުގެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް މުއްސަދި ކުރުމަށެވެ. އެގޮތުން ހަބަރު، ކުޅިވަރު އަދި ލައިފްސްޓައިލް ކޮންޓެންޓް ފަސޭހަކާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވިޔަސް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.