21 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ 10 މީހުން ރަނގަޅު ވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އާންމު ކުރި އަދަދު ތަކަށް ބަލާއިރު މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 3 ދިވެހިންނާއި ބަންގްލަދޭޝްގެ 17 މީހެއްގެ އިތުރުން ލައްކާ މީހަކު ހިމެނެއެވެ.

މިއަދު ޕޮޒިޓިވް ވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 2382 އަށް އަރާފައެވެ. މީގެ ތެރެއިން މިހާރު ފަރުވާ ދެމުން ދަނީ 414 މީހަކަށެވެ.

ރާއްޖެއިން މިހާރު 1954 މީހުން ރަނގަޅުވެފައި ވާއިރު، ރާއްޖެ ވަނީ ނިއު ނޯމަލްގެ އާ އާންމު ހާލަތަށް ވަނީ ހުޅުވާލާފައެވެ. ބޭރަށް ނުކުމެ އުޅުމާއި ވިޔަފާރިތަކާއި ކެފޭ ރެސްޓީރަންޓުތަކާއި ޕާކުތައްވެސް ވަނީ ހުޅުވާލާފައެވެ.

މިވަގުތު ކަރަންޓީންގައި ތިބީ 134 މީހުން އަދި އައިސޮލޭޝަންގައި ތިބީ 284 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 9 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި މިއަދު މަރުވި އުމުރުން 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނެކެވެ. ހަމައެއާއެކު 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 24 މީހުންނެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 17 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 834 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 1243 މީހުންނެވެ. އަދި އިންޑީއާއަށް ނިސްބަތްވާ 220 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 43 މީހުން ރާއްޖެއިން ޕޮޒިޓިވްވެފައި ވެއެވެ.