ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕުކުރި ކަމަށް ތުހުމަތުވާ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ބެލުމަށް މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މާދަމާގެ ބައްދަލުވުމަށް ތާވަަލުކޮށްފިއެވެ.

ރައްޔިތުން މަޖިލިހުގެ މީދޫ ދާއިރާ މެންބަރު ރޮޒައިނާ އާދަމްކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާ އޮންނަ ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަ ބަލަން ތާވަލުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ބެލުމަށް ހަމަޖައްސާފައި ވަނީ މާދަމާގެ 2:00 ގައި އޮންން ބައްދަލުވުމުގައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެ މީހުން ދޫކޮށްލާފައި ވީ ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށާއި، މައްސަލަތަކުގެ ތަހުގީގުގައި ކުރަން ޖެހޭ އެންމެހާ ކަންތައްތައް މިނިވަން ކަމާއެކު ތަހުގީގު ކުރާ ފަރާތްތަކުން ކުރަމުން ގެންދާނެ ކަމަށެވެ. އަދި އެއީ ތަހުގީގަކީ ހިނގަމުންދާ ތަހުގީގެއް ކަމުގައިވާތީ މިމައްސަލާގައި ހާމަކުރެވެން ހުރި މިންވަރަށް ފުލުހުން މައުލޫމާތު ހާމަކޮށްފައިވާ ކަމުގައެވެ. އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ބަލަން ފަށާފައި ވަނީ މިއަދެވެ.

މިމައްސަލައާ ގުޅިގެން އޮންލައިން ނޫސް "މެންދުރު"ން ރޭޕުގެ ޝިކާރައަކަށްވި އަންހެން މީހާއާ ހަވާލާދީ ޝާއިރުށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ފުލުހުން މިމައްސަލާގައި ތުހުމަތުވާ ދެމީހުންނަކީ ސަރުކާރާ ގުޅުންހުރި ދެމީހުން ކަމުގައެވެ. އަދި އަންހެން މީހާ ގެއަށް ފޮނުވާލާފައިވަނީ "ރޭޕް ކިޓު" ނުދީ ކަމަށެވެ. އަދި ހަސްފަތާލަށް ގެންގޮސް ހަދަންޖެހޭ ޓެސްޓުތައް ހަދާފައިނުވާ ކަމަށްވެސް އެރިޕޯޓުގައި ބުނެފައިވެއެވެ.

ހަމައެހެންމެ އެރިޕޯޓުގައި ތުހުމަތުކުރި ގޮތުގައި އަންހެން މީހާއަށް ގުޅައި އެމީހުންނާމެދު ފިޔަވަޅު ނޭޅޭނެ ކަމުގައާއި އޭނާގެ ވާހަކަ އާންމުން ގަބޫލުނުކުރާނެ ކަމަށް ބުނެ ބިރުދައްކާފައިވެއެވެ. އަދި އެއާއެކު ހުށަހަޅާފައިވާ މައްސަލަ ނެގުމަށް ބައި މިލިއަން ޑޮލަރު ހުށަހެޅި ކަމަށްވެސް އަންހެންމީހާއާ ހަވާލާދީ އެ ނޫހުން ބުނެފައިވެއެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި ކުށުގެ ވެށިން ހައްޔަރުކުރި އެ ދެ މީހުން ދޫކޮށްލުމާއެކު ސޯޝަލް މީޑިއާގައި ގޯނާ ލިބުނު އަންހެން މީހާ، އެއްބަޔަކު ކުށްވެރި ކުރިއިރު އަނެއް ބަޔަކު ދިޔައީ އެކަން ކުރި މީހުންނާއި ސިޔާސީ ފަރާތްތަކާ ގުޅުވައި ގިނަ ތުހުމަތުތަކެއް ކުރުމުންނެވެ. އެއީ އެކަން ކުރުމުގައި އުޅުނީ ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރެއްގެ ފިރިކަލުން ކަމަށް ބުނެ ދެކެވެމުންދާ ވާހަކައާ ގުޅުވައިގެންނެވެ.

އެގޮތުން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށް ބައެއް ފަރާތްތަކުން ނުވެފައި ވެއެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި އާއިލީ އެހެން ފަރާތެއް ކަމަށް ބުނެ ވާހަކަތައް ފެތުރެމުން ދާއިރު، ޖީހާން އެކަމާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.