އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވަން ނިންމާފައިވާއިރު، ޖުލައިގައި 37 ރިސޯޓެއް އަދި އޮގަސްޓުގައި 14 ރިސޯޓެއް ހުޅުވުމަށް ނިންމައިފިއެވެ.

ޓްރެވެލް ޓްރޭޑް މޯލްޑިވްސް އިން އާންމުކޮށްފައިވާ ލިސްޓެއްގައިވާ ގޮތުން، ޖުލައިގައި ފަތުރުވެރިންނަށް ހުޅުވާލާ 37 ރިސޯޓުގެ ތެރެއިން 29 ރިސޯޓެއް ޖުލައި 15 ގައި ހުޅުވާނެއެވެ. އަދި 1 ރިސޯޓު ޖުލައި 22 ގައި ހުޅުވާއިރު، އަނެއް 7 ރިސޯޓަކީ، ފަތުރުވެރިކަން މަޑުޖެހިފައިވާ ދަނޑިވަޅުގައި ވެސް ބަންދުނުކޮށް ހިންގަމުން ދިޔަ ރިސޯޓްތަކެވެ.

ޖުލައިގައި ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓްތައް:

  • ކޮންސްޓެންސް ހަލަވެލި
  • ބަންޔަން ޓްރީ ވައްބިންފަރު
  • އަންގްސާނާ އިހުރު
  • އަންގްސާނާ ވެލަވަރު
  • ތާޖް އެގްޒޯޓިކާ މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  • ގްރޭންޑްޕާކް ކޮށްދިއްޕަރު މޯލްޑިވްސް
  • ވޮލްޑޯފް އޮސްޓްރިއާ
  • ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާ
  • ފިހަޅޮހި އައިލެންޑް ރިސޯޓް
  • ނޮކު މޯލްޑިވްސް
  • ކޮކޫން މޯލްޑިވްސް
  • ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސް
  • ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ
  • ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރު
  • ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ
  • ފޯ ސީޒަންސް ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އެޓް ވޯވައް
  • ތާޖް ކޮރަން ރީފް ރިސޯޓް އެންޑް ސްޕާ
  • ދަ ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށް
  • ސައި ލެގޫން މޯލްޑިވްސް
  • ހާޑް ރޮކް ހޮޓެލް މޯލްޑިވްސް
  • ސޮނެވާ ފުށި
  • ސޮނެވާ ޖާނީ
  • ރަހާ ރިސޯޓް
  • ސިނަމަން ދޮންވެލި މޯލްޑިވްސް
  • އަމަޔާ ކުޑަ ރަށް
  • ޕެރެޑައިސް އައިލެޑް ރިސޯޓް އެންޑް ސްޕާ
  • ކުޑަފުށި ރިސޯޓް އެންޑް ސްޕާ
  • ސިކްސް ސެންސެސް ލާމު
  • އޮޅުވެލި ބީޗް އެންޑް ސްޕާ
  • އެލްޓީއައި މާފުށިވަރު މޯލްޑިވްސް (މި ރިސޯޓް ހުޅުވާނީ ޖުލައި 22ގައި)

މި މުއްދަތުގައި ބަންދުނުކޮށް ހިންގި ރިސޯޓްތައް:

  • ލަކްސް ނޯތް މާލެ އަޓޯލް ރިސޯޓް އެންޑް ވިލާސް
  • ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް
  • އޮޒެން ބައި އެޓްމޮސްފެއާ އެޓް މާދޫ
  • އެޓްމޮސްފެއާ ކަނިފުށި
  • އޮބްލޫ ސެލެކްޓް އެޓް ސަންގެލި
  • ވަރު ބައި އެޓްމޮސްފެއާ
  • އޮބްލޫ ބައި އެޓްމޮސްފެއާ އެޓް ހެލެނގެލި

ޖުލައި މަހު 37 ރިސޯޓެއް ހުޅުވަން ނިންމާފައިވާއިރު، އޮގަސްޓްމަހު 14 ރިސޯޓްއް ހުޅުވާއިރު، ސެޕްޓެމްބަރުގައި 11 ރިސޯޓެއް އަދި އޮކްޓޯބަރުގައި 25 ރިސޯޓެއް ހުޅުވުމަށް ވަނީ ނިންމާފައެވެ. އަދި ނޮވެމްބަރު މަހު އެއް ރިސޯޓް ހުޅުވުމަށް ނިންމާފައިވާއިރު، އެއީ، ކޯމޯ މާލިފުށި އެވެ. އެ ރިސޯޓް ހުޅުވަން ނިންމާފައި ވަނީ ނޮވެމްބަރު 16 ވަނަ ދުވަހެވެ.

މީގެ އިތުރުން، މިދިޔަ ބުދަ ދުވަހު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ، ބޯޑަރު ހުޅުވާލުމާއެކު 41 ރިސޯޓެއް ހުޅުވާލާނެ ކަމުގެ ޔަގީންކަން ރިސޯޓްތަކުން ދީފައިވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ބޯޑާރު ހުޅުވާ ތާރީހު ކަނޑައެޅުމުން 30 ރިސޯޓޭއް ހުޅުވާނެ ކަމުގެ ޔަގީންކަން ދޭނެ ކަމަށް ރިސޯޓްތަކުން ބުނެފައިވާ ކަމަށެވެ.