ދިރާގު ކަސްޓަމަރުންނަށް ޑިސްކައުންޓްތަކާއި ބޫސްޓާ ތަކުން އިތުރު އެލަވަންސް ދޭން ނިންމައިފިއެވެ.

ދިރާގުން ބުނީ، ދިރާގު ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓަތަކަށް އިތުރު އެލަވަންސް އަދި މޮބައިލް ޕޯސްޓްޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމާފައި ވަނީ "ނިއު ނޯމަލް" ގައި ދިރިއުޅެން ދަސްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ދިރާގު ކަސްޓަމަރުންނަށް އެކަކު އަނެކަކާ މެދުކެނޑުމެއް ނެތި ފަސޭހަކަމާއެކު ގުޅާލުމަށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމުގެ ގޮތުން ކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން ހޯމް ފިކްސްޑް ބްރޯޑްބެންޑުން މިއަދުން ފެށިގެން އަންނަ މަހުގެ 15 އަށް އެކްޓިވޭޓް ކުރާ ހުރިހާ ބޫސްޓާއަކުން ކަސްޓަމަރުންނަށް 33 ޕަސެންޓް އިތުރު އެލަވަންސް ލިބިގެންދާނެއެވެ.

ހަމައެއާއެކު މޮބައިލް ޕޯސްޓްޕެއިޑަށް މަި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 އަށް އެކްޓިވޭޓް ކުރާ ހުރިހާ ބޫސްޓާއަކުން ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު އެލަވަންސް ލިބިގެންދާނެއެވެ.

މީގެ އިތުރުން މަމެން މެދުވެރިކޮށް މި މަހުގެ 20 ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ހުރިހާ ޑޭޓާ ބަންޑަލްތަކުން ކަސްޓަމަރުންނަށް 20 ޕަސެންޓް އިތުރު އެލަވަންސް ލިބިގެންދާނެއެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދީ ޑިގިޓަލް ރާއްޖެއަކަށް ދިވެހި ރާއްޖެ ވާސިލްވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންނެކެވެ. ކޮވިޑް-19 އާ ގުލީގެން ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ރައްޓެހިންނާއި އާއިލާއަށް ގުޅާލުމަށާއި ވީޑިއޯ ކޯލް ކުރުމަށް ދޮިޮރާގުން ލުއި ގޮތްތައް ފަހިު ކޮށްދިނުމަށް ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.