ފެތުރެމުންދާ ކޮވިޑް-19އަށް އިތުރު 13 މީހަކު ޕޮޒިޓިވް ވެ، އިތުރު 10 މީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭ މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ 10 މީހެއް ކަމަށެވެ. އަދި މިއަދު ރަނގަޅުވެފައި ވަނީ 13 މީހަކު ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

އެ 10 މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 2150 އަށް އަރާފައި ވާއިރު، އޭގެ ތެރޭގައި ދިވެހިންގެ އަދަދު ވަނީ 740 އަށް އަރާފައެވެ. ބަންގްލަދޭޝްގެ ޖުމްލަ 1137 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އިންޑިއާގެ 200 އަދި ލަންކާގެ 12 މީހަކާއި ނޭޕާލްގެ 42 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން އެކި ގައުމުތަކުން ޖުމްލަ 22 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

އޭގެ ތެރެއިން މިވަގުތު ފަރުވާދެމުން ދަނީ ޖުމްލަ 371 މީހަކަށެވެ. ކޮވިޑް ޖެހި ރާއްޖެއިން ރަނގަޅުވާ މީހުންގެ އަދަދު މިހާރު އިތުރުވެފައި ވާއިރު، މިހާތަނަށް ޖުމްލަ 1769 އަށް ވަނީ އަރާފައެވެ.

ކޮވިޑް ޖެހި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ ޖުމްލަ 8 އަށް އަރާފައެވެ. 4 ދިވެހިންނާއި 4 ބިދޭސީންނެވެ. އެއީ 38 އަހަރުގެ ބަންގްލަދޭޝް މީހަކާއި 54 އަހަރުގެ ބަންގްލަދޭޝް މީހަކާއި 45 އަހަރުގެ ބަންގަލަދޭޝް ފިރިހެނެކާއި 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.