ރާއްޖޭގައި މިވަގުތު ކޮވިޑް-19 އަށް ފަރުވާ ދެމުންދާ މީހުންގެ އަދަގު 400 އަށް ދަށްވެއްޖެއެވެ.

ހެލްތް ޕްރޮޓްކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބު ތަކަށް ބަލާއިރު ރާއްޖޭގެ އެކްޓިވް ކޭސްގެ ގޮތުގައި އުޅެނީ 414 މީހެކެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި މިވަގުތު ފަރުވާ ދެމުން ދަނީ ޖުމްލަ 9 މީހަކަށް ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ޖުމްލަ 2094 އަށް އަރާފައި ވާއިރު، ރަނގަޅުވި މީހުންގެ އަދަދު ވަނީ 1670 އަށް އަރާފައެވެ. އެއީ ޖުމްލަ ކޮވިޑް ޖެހުން މީހުންގެ ތެރެއިން 79.75 ޕަސެންޓު މީހުންނެވެ.

ރާއްޖެއިން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. ކޮވިޑް ޖެހުނު މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ބަންގްލަދޭޝް މީހުންނަށް ވާއިރު، އެއީ ޖުމްލަ 1102 މީހުންނެވެ. ރާއްޖެއިން ކޮވިޑް ޖެހުނު ދިވެހިންގެ އަދަދަކީ ޖުމްލަ 727 އެވެ. އަވައްޓެރި އިންޑިއާ އަށް ނިސްބަތްވާ 194 މީހަކާއި ސްރީލްނަކާގެ 11 މީހަކު ހިމެނެއެވެ. އިތުރުން ނޭޕާލްގެ 38 މީހަކާއި އިޓަލީގެ 11 މީހަކާއި ޕާކިސްތާންގެ 3 މީހެއްގެ އިތުރުން އެހެން ގައުމުތަކަށް ނިސްބަތްވާ 8 މީހަކަށް ރާއްޖެއިން ވަނީ ކޮވިޑް ޖެހިފައެވެ.

ކޮވިޑް ޖެހުނު މީހުގެ ތެރެއިން 1173 މީހުންނަކީ ފިރިހެނުންނެވެ. އަންހެނުންގެ އަދަދަކީ 320 އެވެ.

ތަފާތު ކްލަސްޓާ ތަކަށް 2074 މީހުން ހިމެނޭއިރު އިންޕޯޓެޑް ކޭސްގެ ގޮތުގައި އެޗްޕީއޭން ފާހަގަ ކުރަނީ 18 ކޭސް އެކެވެ. އޭގެ އިތުރުން ލޯކަލް ޓްރާންސްމިޝަންގެ ގޮތުގައި 2 ކޭސް އެއް ފާހަގަ ކޮށްފައި ވެއެވެ. މީގެ އިތުރުން މިވަގުތު ކަރަންޓީންގައި ޖުމްލަ 356 މީހުން ތިބިއިރު އައިސޮލޭޝަންގައި 453 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ 101 ދުވަސް ވެފައި ވާއިރު، ކޮވިޑް ޖެހި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ ޖުމްލަ 8 އަށް އަރާފައެވެ. 4 ދިވެހިންނާއި 4 ބިދޭސީންނެވެ. އެއީ 38 އަހަރުގެ ބަންގްލަދޭޝް މީހާ އާއި 54 އަހަރުގެ ބަންގްލަދޭޝް މީހަކާއި 45 އަހަރޔފެ ބަންގަލަދޭޝް ފިރިހެނެކާއި 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.